އިސްރާއީލުން ގަދަކަމުން ހިފާފައިވާ ފަލަސްތީނުގެ ބިންތައް އަނބުރާ ފަލަސްތީނަށް ދޭން ޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި މުއިއްޒު ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އިސްރާއީލުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަނެ، 1967 ވަނަ އަހަރުގެ ބޯޑަރުތަކުގެ ތެރޭގައި އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިރަށެއްގެ ގޮތުގައި ބަލައިގަނެ ރެފިއުޖީން ވަގުތުން އެނބުރި ގައުމަށް ގެންދިއުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ކުއްލި ހަމަލާތަކެއް ދިނުމާއި ގުޅިގެން އެކަމުގެ ބަދަލު ހިފުމަށް އިސްރާއީލުން ހަނގުރާމަ އިއުލާންކޮށް ގިނަ ހަމަލާތަކެއް ފޮނުވާލައި ފަލަސްތީނުގެ އެތައް ރައްޔިތުންތަކެއް ޝަހީދު ކޮށްލާފައި ވަނިކޮށެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިއީ ހަމާސް އިން ތާރީހުގައި ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. ރައްދުގައި އިސްރާއީލުން ފަލަސްތީނަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 160 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ