ރައްޔިތުން މަޖިލީހުގެ ރިޔާސަތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދުރު ކުރުމުގެ މަސައްކަތް އަނެއްކާވެސް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ފަށައިފިއެވެ.
އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅޭނެ މިންވަރަށް މިހާރު ސޮއި ހަމަވެފައިވާ ކަމަށް "ހަތާވީސް" އަށް މައުލޫމާތު ދެމުން އެމްޑީޕީގެ މަޖިލިސް މެންބަރަކު މިރޭ ވިދާޅުވިއެވެ. އަދި މާދަމާ އޮންނަ އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާ ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެކުރިންވެސް މަޖިލީހަށް ހުށަހެޅިއެވެ. އެއީ މިއަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. މައްސަލަ ހުށަހެޅީ 54 މެންބަރުންގެ ސޮޔާ އެކުގައެވެ.
ނަމަވެސް ފަހުން އެ މައްސަލަ އަނބުރާ ގެންދިޔައެވެ. އެ މައްސަލަ އަނބުރާ ގެންދިޔައީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހުއެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް އަނެއްކާވެސް ފެށިއިރު ދާދިފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، އެ މަޖިލީހުގެ މެންބަރުން ވަނީ މަޖިލީހުގެ ރިޔާސަތު އެމްޑީޕީ އަށް އޮންނަން ޖެހޭ ކަމަށާއި މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކި ކުރަން ޖެހޭ ކަމަށް ގޮވާލައިފައެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
އެމް ޑީ ޕީ މިއުޅެނީ އިރުއިރުކޮޅާ މާރީތި ކުޅިވަރެއް ކުޅޭބްތަ
އީސާފުޅު