އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ދައުވަތު ދޭން ނިންމައިފިއެވެ.
"ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތު ދެއްވާނެ ކަމަަށެވެ.
ނަޝީދު ވިދާޅުވި ގޮތުންނަމަ މުއިއްޒަކީ "އެންޓި-އިންޑިއާ" އަދި "ޕްރޯ-ޗައިނާ" ބޭފުޅަކަށް ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"ބައިނަލްއަގްވާމީ މީޑިއާތަކުން އަޅުގަނޑުމެންގެ އިންތިހާބަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ބާއްވާ އިންތިހާބެއް ކަމަށް ސިފަކޮށް، ޑރ.މުއިއްޒު އަކީ ޗައިނާއަށް ތާއީދުކުރާ ބޭފުޅެއްގެ ގޮތުގައި ވެސް ސިފަކޮށްފައި ވޭ. އަޅުގަނޑަކަށް ނުފެނޭ މި ހުރިހާ ވާހަކައަކީ ހަމަ ހަގީގަތެއް ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އިންތިހާބީ ރައީސްގެ ތަރުޖަމާން މުހައްމަދު ފިރުޒުލް މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވިދާޅުވީ ހުވާކުރުމުގެ ރަސްމިއްޔާތަށް އަވަށްޓެރި ގައުމުތަކުގެ ވެރިންނަށް ދައުވަތު ދިނުމުގެ ކަންކަން ކުރައްވަމުން އަންނަ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ