މާލޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފިއެވެ.
މީޑިއަތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިއަދު ބުނީ ތޫނު އެއްޗަކުން ހަމަލާދީފައިވާ މީހަކަށް އޭޑީކޭގައި ފަރުވާދެމުންދާ ކަމަށް މިއަދު 11:02 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 29 އަހަރުގެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެކަމެއް ހިނގާފައިވަނީ "ޑްރީމްސް މޮބައިލް" ކިޔާ ފިހާރައެއްގެ ތެރޭގައެވެ. އާއްމު ވެފައިވާ ވީޑިއޯއިން ފެންނަ ގޮތުންނަމަ ޒުވާން އުމުރުފުރައިގެ އަންހެނަކު ފޯނު ފިހާރައަށް ވަނުމަށްފަހު ފޯނު ދައްކާލުމަށް އެދެއެވެ.
ސޭޓަކަށް ހުރި މީހާ ފޯނެއް ނަގާފައި ދެއްކުމުން ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިގެން އަންހެންމީހާ ސޭޓާއި ޒުވާބުކުރެއެވެ. ޒުވާބަކަށްފަހު އަންހެންމީހާ ރުޅިގަދަވެގެން ދާން އެނބުރިލާފައި އޭނަ ގެންގުޅުނު ވަޅިއެއް ނަގާ ސޭޓަކަށް ހުރި މީހާގެ ކަރުގައި އަޅާލާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ