ނިމިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ތ. ގުރައިދޫ އަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުން އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ތ. ގުރައިދޫ އިންނެވެ. އެއީ 625 ވޯޓެވެ. އެއީ އެރަށުން ވޯޓުލީ މީހުންގެ 74.05 ޕަސެންޓެވެ.
ރިޔާސީ ކެމްޕެއިނަށް ވަޑައިގެންނެވި ކޮންމެ ރަށަކުން ވެސް އިންތިހާބު ކާމިޔާބު ކުރެއްވިއްޖެ ނަމަ އެ ރަށަކަށް ވަޑައިގަތުމަށް އެދިލެއްވި ކަމަށް އިންތިހާބީ ރައީސް ވިދާޅުވިއެވެ. ނަމަވެސް ހުރިހާ ރަށަކަށް އެއް ފަހަރާ ވަޑައިނުގެންނެވޭނެތީ ލީޑާޝިޕްގައި އެކަމާއި މެދު މަޝްވަރާ ކުރެއްވި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެގޮތުން މަޝްވަރާ ލިބިވަޑައިގަތީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެން ރަށަކަށް ވަޑައިގަތުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތަށް ބަލާއިރު އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ގުރައިދޫ އިން ކަމަށް ފާހަގަކުރެއްވިއެވެ.
ގުރައިދޫގައި ދެ ވޯޓު ފޮއްޓެއް ބެހެއްޓިއިރު އެ ދެ ފޮށިން ވެސް ޑރ. މުއިއްޒު ވަނީ 70 ޕަސެންޓަށްވުރެ ގިނަ ވޯޓު ނަގައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ