ދިވެހި ގައުމީ ދިދައަށްވުުރެ އުސްކޮށް އެއްވެސް ރަށެއްގައި ނަގާފައި ހުރި ސިޔާސީ ޕާޓީއެއްގެ ދިދައެއް ހުރެއްޖެ ނަމަ އެ ދިދައެއް ނަގައި ދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެދިވަޑައިގެންފިއެވެ.
އެކްސްގައި ނަރީޝް ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިޔާސީ ފޯރީގައި ރާއްޖޭގެ ރަށްރަށުގައި ދިވެހިރާއްޖޭގެ ގައުމީ ދިދައަަށްވުރެ އުސްކޮށް ނަގާފައިވާ ހުރިހާ ސިޔާސީ ޕާޓީތަކުގެ ދިދަތައް ނެގުމަށް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހު އެންގެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަދި އޭގެ ފަހުން ދިވެހި ގައުމީ ދިދައަށްވުރެ އުސްކޮށް ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި އެއްވެސް ބާވަތެއްގެ ދިދައެއް ނުނެގޭނެ ގޮތް ހަމަޖައްސަވައި ދެއްވާށެވެ،" ނަރީޝްގެ ޕޯސްޓުގައިވެއެވެ.
އޭނާ ވިދާޅުވީ ހަގީގީ މާނައިގައި "ދިވެހީންގެރާއްޖެ" އެއް ހޯދުމަށް ޕީޕީއެމް/ޕީއެންސީ ފަށާ ދަތުރުގައި އެއީ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ގެންގުޅުނު ޝިއާރަކީ "ދިވެހީންގެރާއްޖެ" ޝިއާރެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
ފެންނަމުން ދަނީ ދިވެހި ގައުމިއްޔަތާ ވަތަނިއްޔަތަށްވުރެ ސިޔާސީ ޕާޓީތަކުގެ ރޫހު ގަދަވާތަން.. އެއީ ހިތާމަހުރި ކަމެއް.. ސިޔާސީ ޖޯޝާ ފޯރިވެސް ހުންނަންވާނެ.. އެކަމަކު އިސްވާންވީ ދިވެހި މުސްލިމް އުއްމަތުގެ ބަހާތައް..
އަޙްމަދު ޙިލްމީބާރުލިބުނީމާ، ތިމާމެން އަމިއްލައަށް ކުރިކަންކަން އެހެން މީހުންގެ ބޮލުގައި އަޅުވައިގެން ދިވެހި ރައްޔަތުން މޮޔަހައްދަން ނޫޅޭ
ވާނުވާޚިޔާލަށް ތާއީދު، ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ދިވެހި ދިދައަށްވުރެ އުސްކޮށް އެހެން އެއްވެސް ދިދައެއް ނެގިގެން ނުވާނެ.
މޫސާ އަންވަރު ޙަސަން