ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިޔަށް ދިޔަ ދުވަހު މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެއީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ތިން ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މި މީހުންގެ ތެރެއިން 27 އަހަރާއި 24 އަހަރުގެ އެކަކު ދެ މަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކުރިއިރު ބާކީ ތިބި 24 އަހަރުގެ ދެ މީހުން އެއްމަސް ދުވަހަށް ވަނީ ބަންދު ކޮށްފައެވެ.
މެމްބަރު ޝަރީފަށް ހަމަލާދީފައިވަނީ މަންހެޓަން ހޮޓަލުގައި ހުންނަވަނިކޮށް ގްރޫޕަކުންނެވެ.
ޝަރީފަށް ދިން ހަމަލާއާ ގުޅިގެން އޭނާގެ މޫނު މައްޗާއި ލޯ ކައިރި ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ.
ޝަރީފްގެ އިތުރުން ހަމަ އެ ދުވަހު ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދަށް ވެސް ބަޔަކު ވަނީ ހަމަލާދީފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ