ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒާއި އިންތިހާބީ ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފާ ބައްދަލުކުރައްވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާގައި އޮތް އެ ބައްދަލުކުރެއްވުން އޮތީ މިއަދު 11:00ގައެވެ. އެ ބައްދަލުވުމުގައި މުއިއްޒުގެ ފަރާތުން ޓްރާންސިޝަނަލް ކޮމެޓީގެ ޗެއާމަން އަކަށް ހަމަޖެއްސެވި އަބްދުލްރަހީމް (އަދުރޭ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އަދި ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އީވާ އާއި މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރާއި މަޖިލީހުގެ އިސްވެރިން ވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
އެ ބައްދަލުވުމުގައި މަޖިލީހުގައި އިއްޒަތްތެރިން ސޮއި ކުރައްވާ ފޮތުގައި އިންތިހާބީ ރައީސް ސޮއިކުރެއްވިއެވެ. އަދި މަޖިލީހުގެ އިދާރާ އަށް ވަޑައިގަތުމުގެ ދައުވަތު ދެއްވި ކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި މަޖިލީހުގެ ދައުރަކީ މުހިއްމު ދައުރެއްކަން ފާހަގަކުރައްވާ މުއިއްޒު ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން އެކަމަށް ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.
މިދިޔަ ހޯމަ ދުވަހު އިންތިހާބީ ރައީސް މުއިއްޒު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ވެރިކަމުގެ ބާރުތައް ބަދަލުކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މުއައްސަސާތައް ފެއިލް ވަނީ ދެފުށް ފެންނަ ގޮތް ކުޑަވުމުގެ ސަބަބުން
ފައިސާ ޗާޕުކުރީ ބިލުތަކަށް ފައިސާ ދައްކާނެ އެހެން ގޮތެއް ނެތިގެން
ރައީސް މުއިއްޒު ޖަރުމަނަށް ވަޑައިގަންނަވަނީ
ކަނު ބަނދެވި ތިބެ މިދަނީ އަނދަވަޅަކަށް ވެއްޓެން: ނަޝީދު
އެޕްސްޓީން ފައިލްގެ މައްސަލާގައި ވަހީދު އިސްތިއުފާ ދެއްވައިފި
ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ ގައިދީއަކު އިއްޔެ ނިޔާވެއްޖެ