ހިނގަމުން މިދާ ރިޔާސީ ދައުރު ހަމަވުމުގެ ހަ ދުވަސް ކުރިން، ނޮވެންބަރު 11ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ހަވާލުކުރުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރައީސް އެކަން ހާމަކުރެއްވީ އިންތިހާބުގެ ނާކާމިޔާބީއަށްފަހު، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ބައްދަލު ކުރައްވައި މިއަދު ދެއްކެވި ވާހަަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މިއަހަރުގެ ނޮވެންބަރު 11އަކީ ރިޔާސީ އާ ދައުރު ފެށެންޖެހޭ ދުވަސް ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެ ދުވަހު ވެރިކަން ހަވާލުކުރުމަށް ގާނޫނީ ގޮތުން ކުރެވެން އޮތް ކަމެއް ކުރައްވާނެ ކަމަށެވެ.
ރާއްޖާގެ ތިން ރައީސަކު ހުވާ ކުރެއްވީ ނޮވެންބަރު 11ގައެވެ. އެއީ ރައީސް އިބްރާހިމް ނާސިރާއި ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް މުހައްމަދު ނަޝީދެވެ.
ނަމަވެސް ރައީސް ވަހީދުގެ ވެރިކަމުގައި ބޭއްވި ރިޔާސީ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލުކުރުމުން، އާ ރައީސަކު އިންތިހާބު ކުރަންޖެހޭ ތާރީހު ފަހަނަ އަޅައި ގޮސް، އިންތިހާބު ބޭއްވުނީ ނޮވެންބަރު 16، 2013ގައެވެ. ޖެހިގެން އައި ދުވަހު، ނޮވެންބަރު 17، 2013ގައި ވެރިކަމުގެ ހުވާ ކުރެއްވީ ރައީސް ޔާމީނެވެ. އެ ދުވަހުން ފެށިގެން ރިޔާސީ ދައުރު ފުރިހަމަވާ ތާރީހަކީ ކޮންމެ ފަސް އަހަރަކަށްފަހު އަންނަ ނޮވެންބަރު 17 ކަމަށް އޮތީވެފައެވެ. ރައީސް ޔާމީންގެ ވެރިކަމަށްފަހު، ރައީސް ސާލިހު ވެސް ވެރިކަމުގެ ހުވާ ކުރެއްވީ ނޮވެންބަރު 17، 2018ގައެވެ.
ރައީސް ސާލިހު މިއަދު ވިދާޅުވީ ނޮވެންބަރު 11ގައި ވެރިކަން ހަވާލުކުރެއްވުމަށް އެމަނިކުފާނާއި ނައިބު ރައީސް ފައިސަލް ނަސީމު އިސްތިއުފާ ދެއްވިޔަސް، ދެން ވެސް ފުރިހަމަ ކުރަންޖެހޭ މަރުހަލާއެއް އޮތް ކަމަށެވެ.
ރައީސާއި ނައިބު ރައީސް އިސްތިއުފާ ދެއްވުމުން، ގާނޫނުއަސާސީ ބުނާ ގޮތުން ދެން ރައީސްކަމަށް ވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ.
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން