އިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުހައްމަދު މުއިއްޒާއި އެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ.
މި ބައްދަލު ކުރެއްވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލު ކުރެއްވުން ކުރިޔަށް ދިޔައީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މާފުށި ޖަލުން ގޭ ބަންދަށް ބަދަލު ކުރުމުގެ މަރުހަލާގެ ކަންކަން ކުރިޔަށް ގެންދެވި ވަގުތުއެވެ.
ރައީސް ސޯލިހާއި އިންތިހާބީ ރައީސްގެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކެއް މާބޮޑަކަށް ނޭނގެއެވެ.
ނަމަވެސް ބެލެވެނީ ސަރުކާރު ބަދަލުވުމުގެ މަރުހަލާއާ ގުޅޭ ކަންކަމާއި ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ