މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބަލި ގަބޫލު ކުރައްވައިފިއެވެ.
ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި މުއިއްޒަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އަދި އިންތިހާބުގައި ރައްޔިތުން ދެއްކެވި ޑިމޮކްރެޓިކް ރީތި ނަމޫނާއަށްޓަކާ އެމަނިކުފާނު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.
މީގެއިތުރުން އެކުގައި މަސައްކަތްކުރި އެމްޑީޕީ އާއި އަދާލަތު ޕާޓީގެ މެމްބަރުންނަށާއި އެމަނިކުފާނަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.
މިމަހުހެ 9ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އެމަނިކުފާނު ވަނީ 46 ޕަސެންޓު ވޯޓު ހޯއްދަވައިފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު މިއަދު ބޭއްވިއިރު މި އިންތިހާބު ވެސް މުއިއްޒު ވަނީ ބޮޑުތަނުން ކާމިޔާބު ކުރައްވައިފައެވެ.
އެގޮތުން މިހާތަނަށް ގުނުނު ފޮށިތަކުގެ ނަތީޖާ ދައްކާ ގޮތުގައި ޑރ. މުއިއްޒު ވަނީ 121,042 ވޯޓު ހޯއްދަވައިފައެވެ. ދެން މި އިންތިހާބުގައި ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހަށް 103,515 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ