ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގައި ވެރިކަން ކުރާނެ ރައީސަކު މިއަދު ރައްޔިތުން ހޮއްވާނެ ކަމަށާއި ރައްޔިތުންގެ މެޖޯރިޓީން އެކަމެއް ނިންމުމުން އެކަން ބަލައިގަންނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު މިއަދު ވިދާޅުވެއްޖެއެވެ.
ވޯޓުލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މި ވޭތުވެދިޔަ ފަސް އަހަރު އޭނާ މަސައްކަތް ކުރެއްވީ އިތުރު ދެ ވަނަ ދައުރެއް ސަރުކާރަށް ދިނުމަށް ނޫން ކަމަށާއި އޭނާ މަސައްކަތް ކުރެއްވީ މި ފަސް އަހަރު ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ކުރަން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އިންތިހާބު ކޮންމެ ކެންޑިޑޭޓަކު ކާމިޔާބު ކުރެއްވިއްޔަސް ގައުމަށް ރަނގަޅުވާނެ ކަމަށާއި އޭނާ އެދެނީ ގައުމަށް ހަމަޖެހުމާއި ކުރިއެރުން ކަމަށެވެ.
ފައިސަލް ވިދާޅުވީ މިފަހަރު ވޯޓުލާން ނުކުންނަނީ ގިނަ ބަޔަކު ކަމަށާއި އެ އެންމެންގެ ނިންމުން ގަބޫލުކޮށް، މެޖޯރިޓީއަށް ތަބާވާންޖެހޭނެ ކަމަށެވެ.
"ގައުމައިގެން ކުރިއަށް ދާންޖެހޭ ކަމަށް. އެއް ފަސް އަހަރަށްފަހު، އަނެއް ފަސް އަހަރު ރަނގަޅުވުން އުންމީދަކީ،" ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.
"ތާއިދު ކުރާނީ ރައްޔިތުން ނިންމާ ގޮތަކަށް."
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި
ފައިސަލް ނަސީމަށްވެސް އެނގިވަޑައިގަތީ ދޮއްތަ އެމްޑީޕީ ބަލި ވެއްހެ ނަމަ ބަލި ގަބޫލު ނުކުރާނެކަން
ކަމަނަ