ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވޯޓު ލައްވައިފިއެވެ.
ތާޖުއްދީން ސްކޫލުގައި ބެހެއްޓިފައިވާ މާފަންނު ދެކުނުގެ ދެ ނަންބަރު ވޯޓު ފޮއްޓަށް ވޯޓުލުމަށް މުއިއްޒު ވަޑައިގެންނެވިއިރު އަރިހުގައި ޕީޕީއެމް/ޕީއެންސީގެ ބައެއް އިސްވެރިންނާއި އެމަނިކުފާނުގެ ރަނިން މޭޓު ހުސައިން މުހައްމަދު ލަތީފް ވެސް ވަޑައިގެންނެވިއެވެ.
ވޯޓު ލެއްވުމަށްފަހު ނޫސްވެެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މުއިއްޒު ވަނީ ހުރިހާ ފަރާތްތަކުން ވެސް ވީހާ ވެސް އަވަހަށް ވޯޓު ލެއްވުމަށް އެދިވަޑައިގެންފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށާފައި ވަނީ ހެނދުނު 8:00ގައެވެ. ވޯޓުލުން ނިމޭނީ ހަވީރު 17:00ގައެވެ.
ފުރަތަމަ ބުރެކޭ ވެސް އެއްގޮތަށް ދެވަނަ ބުރުގައި ވެސް ވަގުތެއް އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް އިން ބުންޏެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި