ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ކެމްޕެއިނަށް ނިކުތީ، ގޭންގުތަކުގެ ކިބައިން ދިވެހި ރާއްޖެ ސަލާމަތް ކުރުމަށް ކަމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެއެވެ.
މާޒް ސަލީމް ރައީސް ސޯލިހުގެ ކެމްޕެއިނާއި ގުޅިވަޑައިގަތީ މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވި ހަރަކާތެއްގައެވެ.
ސޯސަން ޖަގަހާގައި މިރޭ ބޭއްވި އެމްޑީޕީގެ ކެމްޕެއިން ނިންމާ ޖަލްސާގައި ވާހަކަދައްކަވަމުން މާޒް ސަލީމް ވިދާޅުވީ އޭނާ އެމްޑީޕީގެ ޕޯޑިއަމް އަށް އަންނަން ޖެހުނީ އަނިޔާވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ކަމަށެވެ. އެ މަސައްކަތަކީ މިއަދު ދިވެހި ހުރިހާ ރައްޔިތުން ވެސް ކުރަން ޖެހިފައިވާ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މާޒް ސަލީމް ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރެއަށް ޑުރަގު ގޭންގުތައް އަންނަމުންދާ ކަމަށެވެ. އެ ގޭންގުތައް މިއަދު ވެރިކަމުގެ ނިޒާމުގެ ތެރެއަށް ވަދެ ފައި ހިއްޕާލަން މަސައްކަތް ކުރަން ފަށާފައިވާ ކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.
"ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ އިދިކޮޅުގެ ކެންޑިޑޭޓާއި ރަނިންމޭޓު ތަންތަނަށް ވަޑައިގަންނަވާއިރުގައި ފަހަތުގައި ކޮންބައެއްތޯ އެ ތިބެނީ. ފަހަތުގައި ކޮން ބައެއްތޯ އެ ތިބެނީ. ކޮންބައެއްތޯ އެމީހުންނަށް ހަރަދު ކުރަނީ. ކެމްޕެއިނަށް އެ ދުއްވާ ލޯންޗުތަކަކީ އެއީ ކޮންބައެއްގެ ލޯންޗުތަކެއްތޯ. ވަރަށް ސާފު އަޅުގަނޑުމެންނަށް. އެއީ ގޭންގުތަކުގެ ލޯންޗުތައް،" މާޒް ސަލީމް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ގޭންގުތަކުގެ ބާރު ގަދަކަން ފާހަގަކުރައްވާ ސަލީމް ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ހުސްވެގެން ފަނޑިޔާރުންނަށް އިއުލާން ކުރުމުން ގޭންގުތަކުން ފުލުހުންނަށް އިންޒާރުދިން ކަމަށާއި އެ މަގާމަށް ގޭންގުތަކުގެ ބަސް ވިކޭ މީހަކު ލާނެ ކަމަށް ބުނެފައިވާ ކަމަށެވެ.
މާޒް ސަލީމް ލޮލައް މިރުސްފެން އެޅިފަބާ ނުފެންނަނީ ގޭންގް ކުދިން މިދިޔަ 4 އަހަރު ކީއްވެބާ ކުރިން ނުނިކުތީ ދައުރު ނިމުމުގެ ކުރިން އެކުދިން ކިބައިން ސަލާމަތް ކުރަން ތީދެން ކާކުބާ ކިހިނެއްބާ ކޮންތާކުބާ ކުރިން ކަލޭ އުޅުނީ މި ރާއްޖެޔަކުނޫންބާ
އައްޔަހައްހައް އިންޑިޔާ އޯކޭދޯ ، ދަރަނި އޯކޭދޯ ، ގެންގު އިފެދެނީ ކޮރަޕްޝަނުން މުޅިންވެސް މަކަރާ ހީލަތް އުމަރު ނަގާމީހުންވެސް އުމަރުގެ ކާރިކުރާމީހުންގެސް އެހުރީ ދެން ކިހިނެއްބާ އުމަރު ތިޔަބުނާކަމެއް ކުރާނީ
ޖާބެ