ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އުމަރު ނަސީރުގެ ރަނިންމޭޓު މާޒް ސަލީމް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިނާ ގުޅިވަޑައިގެންފިއެވެ.
މާޒް ސަލީމް ރައީސްގެ ކެމްޕެއިނާ ގުޅިވަޑައިގަތީ މިއަދު ހަވީރު ހުޅުމާލެ ފޭސް އެކެއްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މާޒް ސަލީމް ވިދާޅުވީ އޭނާ ރައީސަށް ތާއީދު ކުރައްވަން ނިންމެވީ އޭނާ އަކީ އަނިޔާވެެރިކަމާއި ދެކޮޅު މީހަކަށްވުމުން ކަމަށެވެ.
ރާއްޖޭގެ ވެރިކަންތަކަށް ގޭންގުތަކުގެ ނުފޫޒު ފޯރާ ކަމަށާއި އެކަންކަން ފެންނަ މީހެއްގެ ހައިސިއްޔަތުން އެކަންކަން ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަކީ ވާޖިބެއް ކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި މާޒް ސަލީމްގެ އިތުރުން ފުރަތަމަ ބުރުގައި ރައީސަށް ތާއީދުކޮށް ދާދިފަހުން އެ ތާއީދު އަނބުރާ ގެންދިޔަ އެމްޑީއޭގެ ބައެއް އިސް ބޭފުޅުން ވެސް ވަނީ ރައީސްގެ ކެމްޕެއިނާ ގުޅިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ