އިންޓަނޭޝަނަލް އެއާޕޯޓެއް އެޅޭ ވަރަށް ތިނަދޫގެ ބިން ހިއްކާނެ ކަމަށް އެމްޑީޕީގެ ރިޔާސި ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވައުދުވެވަޑައިގެންފިއެވެ.
ތިނަދޫގައި ހުންނަ އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އިންތިހާބުގެ ކެމްޕޭނުގައި މީގެ ކުރިން އެ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި 500 ހައުސިން ޔުނިޓް އަޅައިދޭނެ ކަމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ރަށުގެ ބިން އިތުރުކުރާނެ ވާހަކަވެސް ވިދާޅުވެފައިވާނެ ކަމަށެވެ.
އެކަމަކު މިރޭ ރައީސް ވިދާޅުވީ އެ ރަށުގައި އަޅާނީ ހަމައެކަނި 500 ހައުސިން ޔުނިޓް ނޫން ކަމަށެވެ. "މި ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް ފުރިހަމަ ބޮޑު ހައުސިން ޕްރޮޖެކްޓެއް މި ރަށުގައި ހިންގާނަން. އަދި އަޅުގަނޑުމެން ވެފައިވާ ވައުދާ އެއްގޮތަށް ތިނަދޫ ކައިރީގައި އިންޓަނޭޝަލް އެއާޕޯޓެއް އެޅޭވަރުގެ ބިން ހިއްކިގެންދާނެ" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެހެން ސިޓީތަކެކޭ އެއްފަދައިން ތިނަދޫ ސިޓީގައިވެސް ހައުސިން އަށް ލޯނު ދޫކުރެވޭނެ އުސޫލު ހަމަޖެހިގެންދާނެ ކަމަށެވެ.
"...ހައުސިންއަށް ލޯނެއް ނަގަން ކަމަށް ބޭނުންވަންޏާ ޕެންޝަންގައި އެ ހުރި ފައިސާ މާލެ ސިޓީ ރައްޔިތުންނަށް އެ ލިބޭ ގޮތަށް އެ ފުރުސަތު ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއި އެކު ލިބިގެންދާނެ" އެމަނިކުފާނު ވިދާޅުވިއެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު