ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އޭޕަރަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރިސްކު އެލަވެންސެއް ދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދާދި ފަހުން އެއާޕޯޓް މުވައްޒަފުންނާ ބައްދަލުކޮށްފައިވާ ކަމަށާއި އެ މުވައްޒަފުންގެ އެދުމާއި އެއްގޮތަށް މުސާރާއިގެ 50 އިންސައްތަ ޑޮލަރުން ލިބޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ބުރަ މަސައްކަތެއް ކުރަމުންދާ މުވައްޒަފުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މުވައްޒަފަންގު މުސަރާއިގެ އޮނިގަނޑަށް ބަދަލެއް ގެނައުމަށް އެދިފައިވާ ކަމަށެވެ.
"... އެ ބޭފުޅުން އެ އެދި ވަޑައިގެންނެވި ގޮތަށް މިހާރު ވާނީ އޭޓީސީ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށް މުޅިން ވަކިކޮށް މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސް ކުރިއަށް އޮތް މަސް ތެރޭގައި އެކަން ހައްލުވެގެންދާނެކަން އަޅުގަނޑު ތިބޭފުޅުންނަށް އަރުވަން" ރައީސް ވިދާޅުވިއެވެ.
އެއަށް ފަހު ވިދާޅުވީ އެއާޕޯޓުގެ އޭޕްރަން ގައި މަސައްކަތްކުރާ ފަރާތްތަކަކީ "ރިސްކު" ތަކަކާއެކު މަސައްކަތްކުރާ ފަރާތްތަކެއް ކަމަށެވެ.
" އެ ބޭފުޅުންނަށް (އޭޕްރަން ގައި މަސައްކަތްކުރާ ފަރާތްތައް) ރިސްކު އެލަވެންސެއް އޮކްޓޫބަރު މަހު އެކަކުން ފެށިގެން ލިބޭނެކަމުގެ ޔަގީންކަން އަރުވަން" އެމަނިކުފާނު ވިދާޅުވއިެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ