ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު ކުރިން ގޯތިތައް ހަވާލުކުރާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވިއްޖެއެވެ.
މާލޭގައި ބޭއްވި ކެމްޕޭނު ޖަލްސާއެއްގައި ރައީސް ސޯލިހު ވިދާޅުވީ މާލޭ ރައްޔިތުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ.
އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމުންނާއި އަދި ގޯތި ދޫކުރަން ނިންމުމުން ވާދަވެރި ފަރާތްތަކުން އޮޅުވާލައިގެން ވާހަކަ ދެއްކި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ ގިރާވަރުން ދޫކުރު ގޯތިތަކާއި، ގުޅިފަޅުން ގޯތި ދޫކުރާ ފަރާތްތަކުގެ އިތުރުން ހުޅުމާލޭ ފޭސް ތިނަކުން ގޯތި ދޫކުރާ ފަރާތްތައް ހިމެނޭ ކަމަށާއި އެ ފަރާތްތަކުގެ ތެރޭގައި ޝައްކުތަކެއް ހުރި ކަމަށާއި ނަމަވެސް ނޮވެމްބަރު މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
"...އަޅުގަނޑު ތި ހުރިހާ ބޭފުޅުންނަށް މި އަރުވަނީ އަޅުގަނޑުމެންގެ މި ދައުރު ނޮވެމްބަރު 17 ގައި ނިމުމުގެ ކުރިން ފަހެއް ނޮވެމްބަރުވާން ވާއިރަށް އަޅުގަނޑުމެން ވައުދުވެފައި އޮތް ގޮތަށް ރަޖިސްޓްރީ ހަދާ ތިބޭފުޅުންނަށް ގޯތީގެ އިން ވަކިކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ