ރިޔާސީ އިންތިހާބާއި ގުޅިގެން ނެރުނު މެނިފެސްޓޯގައި ލިޔެފައި ނެތް އެއްވެސް ވައުދެއް ރައްޔިތުން ގާތުގައި ނުވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި ވޭތުވެދިޔަ 15 ވަރަކަށް ދުވަހު، އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި އަދި ބައެއް އާއްމު ރައްޔިތުންނާއި ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑު އައްސަވާފައި ވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ދެވަނަ ބުރުގެ ކެމްޕެއިން ތެރޭގައި ބައެއް ޖަލްސާތަކުގައި ވަރަށް ގިނަ އައު ވައުދުތައް ވެވަޑައިގަންނަވަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވަމުން އަންނަ ކަމަށާއި އެހެންނަމަވެސް އެއީ ވަރަށް ބޮޑު އޮޅުމެއް ކަމަށެވެ.
"އަޅުގަނޑު މިއަދު މިދިޔަ 15 ދުވަހުގެ ތެރޭގައި މި ޕޯޑިއަމްތަކަށް އަރާ މި ދައްކާ ވާހަކަތަކީ އަޅުގަނޑުގެ މެނިފެސްޓޯގައި ލިޔެފައި ހުރި ވާހަކަތައް. އޭގެ ތަފްސީލުތައް އަޅުގަނޑު މި ހާމަ ކުރަމުން މިދަނީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްވެރިންގެ އަތުން ބޮޑު އަގުގައި މަސް ގަންނަ ވާހަކަ އާއި މާލޭ ރައްޔިތުންނަށް ގޯތި ދޭނެ ވާހަކަ އަކީ މެނިފެސްޓޯގައި ހުރި ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.
"ބައެއް މީހުން އޮޅުވާލަން ދޮފު ހަދައިގެން އިތުރު ވާހަކަ ދައްކާތީ އިތުރު ތަފްސީލު ހާމަ ކުރަމުން މިދަނީ،" ރައީސް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ