އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ ކަމަށާއި އަދި އެއްވެސް މީހެއްގެ ހައްގަކަށް ވެސް އަރައިގެންފައި ނޯންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ ޒާތީ ގޮތުން އޭނާއާ ގުޅޭ ގޮތުން ދައްކަމުން ގެންދާ ވާހަކަތަކާއި ގުޅޭ ގޮތުން ކަންބޮޑުވާން ޖެހޭ ކަމެއް ނޯންނާނެ ކަމަށެވެ. އަދި ޖަވާބު ނުދެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޑރ. މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ޒާތީވެގެން އެގޮތަށް ވާހަކަތައް ދެއްކި ވަރަކަށް ފަޟީހަތް ވެގެން ދާނީ އެ ވާހަކަތައް ދައްކާ މީހުން ކަމަށެވެ.
"އަޅުގަނޑަށް ރަނގަޅީ ވެސް އެ ކަންކަން އެ ގޮތަށް ކުރިއަށް ގެންދިޔައިއްޔާ. އޭރުން ރައްޔިތުންނަށް ހައްތަހާ ވެސް އެ ވާހަކަތައް ދައްކާ ފަރާތްތައް ފަލީހަތް ވާނީ،" މުއިއްޒު ފާހަގަކުރެއްވިއެވެ.
މައްސަލައެއް އޮތިއްޔާ ރަސްމީ އިދާރާތަކުން ބައްލަވަންވީ ކަމަށް ވިދާޅުވެ މުއިއްޒު ވަނީ އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ. އެ މައްސލަައެއް ބައްލަވާ ފަރާތްތަކުން އެކަމެއް ބަލަން ޖެހޭނީ އިންސާފުވެރިކަމާއެކު ކަމަށާއި ސިޔާސީ ނުފޫޒުން އެފަރާތްތަކުން އެއްކިބާވާން ޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"ކިތަންމެ ވަރަކަށް އަޅުގަނޑާ މެދުގައި ޒާތީ ވާހަކަ ދެއްކިޔަސް މި ގައުމުގައި ބޭރު ސިފައިން ނެތް ކަމަކަށް ނުވާނެ. ކިތަންމެ ވަރަކަށް ހަދަހަދައިގެން ވާހަކަ ދެއްކިޔަސް ކަނޑުވިއްކާނުލާ ކަމަކަށް ނުވާނެ،" މުއިއްޒު ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ