ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކައުންސިލްގެ ބައްދަލުވުމެއް މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްޑީއޭގެ އިސް އޮފިޝަލަކު މިރޭ "ހަތާވީސް" އަށް ވިދާޅުވީ މިރޭ އެޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވަން ނިންމާފައިވާ ކަމަށާއި ބައްދަލުވުމަށްފަހު ނޫސްވެެރިންނަށް މައުލޫމާތު ދެއްވާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނީ ކޮން ކަމަކާއި ގުޅޭ ގޮތުންތޯ ސުވާލު ކުރުމުން ވިދާޅުވީ އިންތިހާބާއި ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އެމްޑީޕީ އަށް ލިބުނީ ދެވަނައެވެ. އެންމެ ގިނަ ވޯޓު ހޯދީ ޕީއެންސީގެ ކެންޑިޑޭޓެވެ.
ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓާއެކު އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވަނީ ކެމްޕެއިންގެ ހުރިހާ ދަތުރެއްގައި ބައިވެރިވެވަޑައިގެންފައެވެ.
ނަމަވެސް ދެވަނަ ބުރުގައި ސިޔާމް އެއްވެސް ކެމްޕެއިން ހަރަކާތަކުން ނުފެނެއެވެ. މުޅިންވެސް ފެންނަމުން ދަނީ އެޕާޓީގެ ނާއިބު ލީޑަރު އަލީ މައުރޫފެވެ.
ތަފްސީލް އަންނަނީ...
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ