ނެދަލޭންޑުގައި ގުރުއާން ވީދުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީ އިނގިރޭސިބަހުން ނެރުނު ބަޔާނެއްގައި ބުނީމި މަހުގެ 23 ވަނަ ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ ގިނަ އެމްބަސީތަކެއް ކުރިމަތީގައި ކީރިތި ގުރުއާނުގެ ކޮޕީތައް ވީދާލަ މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ގުރުއާނަށް އެންދުމަކީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އަމަލުތަކަށް ހުއްޓުވުމަށް ދައުލަތްތަކުގެ ގައުމީ ފެންވަރުގައި ގާނޫނާއި ސިޔާސަތުތައް ކަނޑައަޅާއި ތަންފީޒުކުރަން ގޮވާލިއެވެ.
ދީނީ ގޮތުން ނުތަނަވަސްކަމާއި، ނޭދެވޭ ސްޓީރިއޯޓައިޕިންއާއި، ނަފްރަތާއި، މުސްލިމުންނާ ދެކޮޅަށް ހިންގާ އަނިޔާގެ މައްސަލަތައް އިތުރުވަމުންދާތީ ކަންބޮޑުވާ ކަމަށް ސަރުކާރުން ބުންޏެވެ.
އިސްލާމްދީނާ ހިލާފު މިފަދަ ހުތުރު އަމަލުތައް ހުއްޓާލުމަށް ގޮވާލައި ދީނަށް ފުރައްސާރަކުރުމާއި ނަފްރަތު އުފެދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށް ޓަކައި ބައިނަލްއަގްވާމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ގޮވާލިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ