ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން އެ ދާއިރާގައި 15 އަހަރަށްވުރެން ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް ޚާއްސަކޮށް 300 ފްލެޓު ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
މިއަދު ރާއްޖެޓީވީއަށް ދިން އިންޓަވިއުއެއްގައި އެކަން އިއުލާން ކުރެއްވީ ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން އެވެ. އޭނާ އިންޓަވިއުގައި ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޚާއްސަކޮށް 300 ފްލެޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ނިންމަވާފައިވާ ކަމަށާއި، އެކަމާ ގުޅޭ އުސޫލު މިރޭގެ ވަގުތެއްގައި އާންމު ކުރައްވާނެކަމަށެވެ.
އަކްރަމް ވިދާޅުވީ، ޓޫރިޒަމް އިންޑަސްޓްރީގައި 15 އަހަރު މަސައްކަތް ކުރައްވާފައިވާ ފަރާތްތަކަށް ފްލެޓަށް އެދި ކުރިމަތިލެއްވޭނެ ކަމަށެވެ. އެގޮތުން މިއީ ދާދި ފަހުން ރައީސް ސާލިހު އިއުލާނު ކުރެއްވި 6000 ފްލެޓުގެ ތެރެއިން ޓޫރިޒަމް އިންޑަސްޓްރީއަށް ޚާއްސަކޮށްގެން ދޭ ފްލެޓުތަކެއްކަމަށް އަކްރަމް ވިދާޅުވިއެވެ.
ރައީސް ސޯލިހް ވަނީ މިފަހުން މާލޭގައި 20 އަހަރެއް ވުރެން ގިނަ ދުވަހު ދިރިއުޅެފައިވާ ރައްޔިތުންނާއި، ދަފުތަރުގައި ތިބި ފަރާތްތަކުގެ ތެރެއިން ގެދޮރު ނުލިބޭ ފަރާތްތަކަށް ހާއްސަކޮށްގެން ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމުގެ ވައުދުވެފައެވެ. މި ފަރާތްތަކަށް ގެވަަޅު ދޭން ހަމަޖެހިފައިވަނީ އުތުރުތިލަފަޅުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ