ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެވި، ކެބިނެޓު އެކުލަވާލުމަށް ވަކި ބޭފުޅަކު ނަމެއް ދެއްވި ނަމަވެސް އެ ނަމަކީ ކަމަށް ގާބިލް ބޭފުޅަކަށް ނުވާ ނަމަ، ކެބިނެޓަށް އައްޔަން ނުކުރައްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ހަތާވީސް" އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު އިންތިހާބުވެއްޖެ ނަމަ ކެބިނެޓުން ފެނިގެން ދާނީ ކޮންކޮން ބޭފުޅުންތަކެއްތޯ ސުވާލު ކުރުމުން ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓުގައި ތިއްބަވާނީ ތައުލީމީ ގާބިލް ބޭފުޅުން ކަމަށެވެ.
"އަޅުގަނޑު ބޭނުމެއް ނޫން ކެބިނެޓަށް ހަމަ މީހަކު ލާކަށެއް. އަދި ވަކި ބޭފުޅަކު ރިކަމެންޑު ކޮށްގެނޭ ކިޔާފައިވެސް އެމީހަކީ އެކަށީގެންވާ މީހާ ކަމަށް ނުވަންޏާ އެމީހަކު ނުލާނަން،" މުއިއްޒު ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ނަންފުޅެއް ދެއްވި ނަމަވެސް، ގާބިލް މީހަކަށް ނުވާ ނަމަ ކެބިނެޓަށް އައްޔަން ނުކުރައްވާނަންތޯ ސުވާލު ކުރުމުން ވިދާޅުވީ "ރައީސް ޔާމީން އަޅުގަނޑަކަށް ނުދެއްވާނެ ގާބިލް ނޫން ބޭފުޅެއްގެ ނަމެއް،" މިހެންނެވެ.
އެކަމުގެ މިސާލު މުއިއްޒު ނެންގެވީ ޔާމީންގެ ކެބިނެޓުންނެވެ. ވިދާޅުވީ ރައީސް ޔާމީންގެ ކެބިނެޓުގައި ތިއްބެވީ ވަރަށް ގާބިލް އަދި އިލްމީ ބޭފުޅުންތަކެއް ކަމަށެވެ.
މުއިއްޒު ވިދާޅުވީ މަސައްކަތްތައް ވަރަށް ހަލުވި ދުވެލީގައި ކުރިޔަށް ގެންދަން ބޭނުންވާ ކަމަށާއި ކެބިނެޓަށް އައްޔަން ކުރާނީ، އެފަދަ ބޭފުޅުން ކަމަށެވެ.
އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓުގައި އެކަށީގެންވާ ރަނގަޅު މިންވަރަކަށް އަންހެން ކަނބަލުން ވެސް ތިއްބަވާނެ ކަމަށެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކުރެވޭ އުންމީދަކީ ރައީސް ޔާމީންގެ ތަރައްގީގެ ޖާދޫ އަދީބުގެ ކޮރަޕްޝަނާއި ނުލާ މުއިއްޒުގެ ވެރިކަމެއްގައި ފެނުން
އަހުމަދު