ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ގާނޫނީ ބާރުވެރިކަން ދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ގެންގުޅޭނެ އިގްތިސޯދީ ސިޔާސަތު ހާމަ ކުރުމަށް މިރޭ މީރުމާ ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މުއިއްޒު ވަނީ އޭނާގެ ސަރުކާރެއްގައި ގެންގުޅޭނެ އިގްތިސޯދީ ސިޔާސަތު ހާމަ ކުރައްވާފައެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ގާއިމްކުރި އެސްޑީއެފް ފަންޑަކީ އެއަށް ޑޮލަރު ވަންނަ ގޮތަށް އެކުލަވާލި ފަންޑެއް ކަމަށެވެ. އެހެންނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ފަންޑުގައި ހުރި ޑޮލަރުތައް ނަގައި، އެއަށް ދިވެހި ރުފިޔާލާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އަލުން އެ ފަންޑަށް ޑޮލަރު ވަންނާނެ މަގުފަހި ކުރާނެ ކަމަށެވެ. އެގޮތުން އެ ފަންޑަށް ވަކި ގާނޫނެއް ހަދައިގެން އެ ފަންޑަށް ގާނޫނީ ބާރުވެރިކަން ދޭނެ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.
ދަރަނި ދެއްކުމަށްޓަކައި 2016ގައި ހުރި ކްރެޑިޓް ރޭޓިންއާ އެއްވަރަށް ރޭޓިން ކުރިޔަށް ގެންދާނެ ކަމަށް ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެކަން އެގޮތަށް ކުރުމުން އިންވެސްޓަރުންގެ އިތުބާރު ރާއްޖެ އަށް ލިބިގެން ދާނެ ކަމަށެވެ. އަދި ލޯނު ރީފައިނޭންސް ކުރުމަށް ފުރުސަތު ވެސް ލިބިގެން ދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނު އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރެވެމުން ނުދާ ކަމަށެވެ. ނަމަވެސް އެ ގާނޫނުގެ ބޭނުން ހެޔޮ ގޮތުގައި ހިނގާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހާއްސަ އިކޮނޮމިކް ޒޯނުތަކެއް ކަނޑައެޅިގެން ދިއުމަކީ މުޅި އިގްތިސޯދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް