މި މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބައެއް މީހުން ވޯޓުނުލީ ދެވަނަ ބުރަކަށްދާނެކަން ލަފާކުރެވޭތީ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިއަދު ބުނެފިއެވެ.
ރާއްޖެޓީވީގެ "ފަސް ކާފު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްއާރްސީއެމްގެ މެމްބަރު ސަމާއު އަހުމަދު ނަޖީބް ވިދާޅުވީ 2008 ވަނަ އަހަރު ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ތެރެއިން އެންމެ މަދުން ވޯޓުލާފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކަމަށެވެ.
ވޯޓާލާ މީހުން އަދަދު ނުވަތަ "ޓާން އައުޓް" މަދުވި ސަބަބު ބަލަންޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެއީ ކޮން އުމުރުފުރައެއްގެ ބައެއްތޯވެސް ބަލަންޖެހޭ ކަމަށެވެ. ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި 56،999 މީހަކު ވޯޓުލާފައެއް ނުވެއެވެ.
ސަމާއު ވިދާޅުވީ އާއްމުންނާ ވާހަކަ ދައްކައިގެން އަދި ޝޯޝަލް މިޑީއާގެ ވަސީލަތްތައް މެދުވެރިކޮށް ބެލި ބެލުމުން ވޯޓުލާން ގިނަ ބަޔަކު ނުނިކުތް މައިގަނޑު ތިން ކަމެއް ފާހަގަކުރެވިފައިވާ ކަމަށެވެ.
"ވޯޓުލުމަށް މާބޮޑު ޝައުގުވެރިކަމެއް ބައެއް ފަރާތްތަކުގެ ނެތް. އޭގެ އިތުރުންވެސް އިންތިހާބަށް ކުރިމަތިލައްވާފައިވާ ތިބި ކެންޑިޑޭޓުންނަށް އިތުބާރު ނުކުރުމާއި ނިޒާމަށް އިތުބާރު ނުކުރުމުގެ މައްސަލަތައް އަޅުގަނޑުމެންނަށް ފާހަގަކުރެވިފައިވޭ. ތިން ވަނަ ކަމެއްގެ ގޮތުން ބައެއް ފަރާތްތަކަށް ގަބޫލުކުރެވިފައިއޮތީ ހަމަ ދެވަނަ ބުރަކަށްދާނެ. އެހެންވީމަ ފުރަތަމަ ބުރުގައި ވޯޓުލުމުގެ އެއްވެސް މާނައެއް ނެތޭ. ގޭގައި ތިބެގެންވެސް ލާބަޔަކު ލާފައި ދެވަނަ ބުރަށް ދިޔާމަ ދެވަނަ ބުރުގައި ވޯޓުލާން ނިކުމެވޭނެއޭ" އޭނާ ވިދާޅުވިއެވެ.
އެކަން ހައްލުކުރަން މީޑީއާގެ އިތުރުން ސިޔާސީ ޕާޓީތަކުންވެސް މީހުން ވޯޓުލާން ޖެހޭ ސީދާ ސަބަބުން މީހުންނަށް އޮޅުންފިލުވައިދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ފިޔާޒު އަދި ހަސަންގެ މައްޗަށް ދައުވާކޮށްފި
ސިޔާސަތުތަކަށް ފާޑު ކިޔުމަކީ ސިޔާސީ ޕާޓީއެއްގެ މަސްއޫލިއްޔަތެއް
ބޭރު ފައިސާގެ ބެލެންސް ދަށްވުމުން ޝަމްހީދުގެ ކަންބޮޑުވުން
މާލެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް އާޒިމް ގޮވާލައްވައިފި
ބީއެމްއެލްގެ ފިޔަވަޅަކީ ސައްހަ ގޮތުގައި ޑޮލަރު ބޭނުންކުރުން
މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ
މި މީހުން ނިދާފަ ތިއްބަ ނިގުލަށް ފައިން އެރުނީމަ ހޭލެވުނީތަ.
މަހްމޫދު