ކުރިޔަށް ދަނީ ދިވެހިރާއްޖޭގެ ރިޔާސީ އިންތިހާބު ކަމަށާއި މި އިންތިހާބުގެ ތެރެއަށް އެހެން ގައުމުތައް ނުވެއްދުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މި އިންތިހާބުގައި ރައްޔިތުން އިންތިހާބު ކުރަނީ ދިވެހި ރާއްޖެއަށް ނިސްބަތްވާ ދިވެހި ކެންޑިޑޭޓެއް ކަމަށެވެ. އެހެންކަމުން މި އިންތިހާބުގެ ތެރެއަށް ބޭރުގެ އެހެން ގައުމުތައް ނުވެއްދުމަކީ ރަނގަޅު ގޮތް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"މި ރިޔާސީ އިންތިހާބަށް ބޭފުޅުން ވަޑައިގަންނަވާއިރުގައި ކެންޑިޑޭޓުން އެހެން ގައުމުތައް މި އިންތިހާބުގެ ތެރެއަށް ބައިވެރި ނުކުރެއްވުން. އަޅުގަނޑުމެންގެ އިންތިހާބެއް މިއީ މިރާއްޖޭގެ ރައްޔިތުން މިއަށް ވޯޓު ދޭން އޮތީ. މިރާއްޖޭގެ ރައީސަކު އިންތިހާބު ކުރަން އޮތީ. އެހެންވީމަ އެކަން އެހެން ނުކުރެއްވީމަ ވަރަށް ރަނގަޅުވާނެ ކަމަށް އަޅުގަނޑު ދެކެން،" ނަޝީދު ވިދާޅުވިއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި ދެވަނަ ބުރުގެ ވޯޓުލުން އޮތީ މިމަހުގެ 30ވަނަ ދުވަހު އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިޔަށް ދާނެއެވެ.
ފުރަތަމަ ބުރުގެ ކެމްޕެއިން ތެރޭގައި ވެސް އަދި ދެވަނަ ބުރުގެ ކެމްޕެއިން މިހާރު ކުރިޔަށްދާއިރު ވެސް އެންމެ ވާދަވެރި ސިޔާސީ ދެ ޕާޓީގެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް އަންނަނީ ރައްދު ކުރަމުންނެވެ. އެގޮތުން އިދިކޮޅު ފަރާތްތައް އަންނަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރާއި އިންޑިއާ އާއި ގުޅުވާ ތަފާތު އެކި ވާހަކަތައް ދައްކަމުންނެވެ. އެ މައްސަލާގައި އިންޑިއާ ހައި ކޮމިޝަނުން ވެސް ވަނީ އިންޑިއާއާ ގުޅޭ ގޮތުން ބައެއް މީޑިއާތަކުން ދޮގު ހަބަރު ފަތުރަމުން އަންނާތީ އެ މައްސަލަ ބަލައި ދިނުމަށް އެދިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ