ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ދެބޭފުޅުން ބައްދަލު ކުރެއްވީ ރައީސް އޮފީހުގައެވެ.
ދެ ރައީސުންގެ މި ބައްދަލުވުމުގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނަޝީދު އިސްވެ އުފެއްދި ދަ ޑިމޮކްރެޓްސް އިން ރައީސް ސޯލިހަށް ތާއީދު ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވިއެވެ.
އެހެންނަމަވެސް ދެވަނަ ބުރުގައި ޑިމޮކްރެޓުން އޮންނާނީ އެޕާޓީން ކުރިންވެސް އިއުލާނުކުރި ގޮތަށް އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވާހަކަ އިންތިހާބުގެ ދެވަނަ ބުރު ނިމެންދެން ނުދެއްކުމަށް ވެސް ދެބޭފުޅުންނަށް އެއްބަސްވެވުނު ކަމަށެވެ. އެކަމަކު އިންތިހާބު ނިމުމުން އެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާއެކު ދެވަނަ ބުރުގައި ނަޝީދުގެ ތާއީދު ރައީސަށް ހޯދުމާއި ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށާއި އެ މަޝްވަރާތަކުގެ ވާހަކަ ފަހުން ހިއްސާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ