އުތުރުތިލަފަޅުން ގޯތީދޭން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
މިރޭ އެމްޑީޕީން މާލޭގައި ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ މީހުންނާއި ދަފްތަރުގައި ޖެހިފައިވާތާ 20 އަހަރުވެފައިވާ މީހުންނަށް ގޯއްޗަށް ކުރިމަތިލާން މިރޭ ހުޅުވާލާފައިވާ ކަމަށެވެ.
ތަފާތުކުރުމެއް ނެތި ސްކީމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވިދާޅުވިއެވެ.
''އެކަމަށް އަޅުގަނޑުމެން ނިންމާފައިވާ އޮތް އެއް ފަޅަކީ އެ ވިދާޅުވާ އުތުރު ތިލަފަޅު. ދިވެހިން ދިރިއުޅޭނީ. ބޭރު މީހުނެއް ނޫން ދިރިއުޅޭނީ، މާލެއިން ވިލިމާލޭއަށް ގުޅީފަޅުން ތިލަފުއްޓަށް ތިލަފުށިން ގިރާވަރުފަޅަށް ގިރާވަރު ފަޅުން އިތުރު ތިލަފަޅަށް ބުރިޖުން އެތަން ގުޅިގެންދާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ. އެތަނުގައި ބޭރު ބަޔަކު ނޫޅޭނެ ކަމަށް ރައީސް އިޝާރާތް އެ ކުރެއްވި އެ ތަނުގައި އިންޑިއާ ސިފައިން އުޅޭ ކަމަށް ބުނެ އިދިކޮޅުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ އެއީ ދިވެހިންނަށް "އުފާވެރި އަމާން ރާއްޖެ" ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ. ހަމަހަމަކަމާއެކު ކޮންމެ ރައްޔިތަކަށް ބޭނުންވާ ފުރުސަތު ހޯދައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުންނަމަ ސަރުކާރުގެ އެކި ފަންތީގެ ތިބޭ ފަރާތްތަކުގެ މުސާރަބޮޑުކުރުމުގައިވެސް ގެންގުޅެނީ ހަމަހަމަކަން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ