ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު މިހާރު އައު ވެއްޖެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި މިވަނީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ގިނަ އަދަދެއްގެ މެންބަރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމާފައި ވާތީއެވެ.
މީގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރަނިންމޭޓު އިބްރާހިމް އަމީން ވެސް ހިމެނިވަޑައިގަންނަވައެވެ.
ސޯސަން ޖަގަހާގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވަނީ މިރޭ އެމަނިކުފާނަށް ތާއީދު ކުރެއްވި ބޭފުޅުންގެ ތެރޭގައި ގިނައީ މީގެކުރިން ވެސް އެކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންތަކެއް ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިިކަމުގައި ކުރިޔަށް ގެންދިޔަ، މޭޑޭ މުޒާހަރާގައި އެކުގައި މަސައްކަތް ކުރެއްވި ގިނަ ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ އޭރުވެސް އަދި މިހާރުވެސް އެބޭފުޅުންގެ ވެސް އަދި އެމްޑީޕީގެ ތެރޭގައި އޮތީ އެއް އަމާޒެއް ކަމަށެވެ. އެއީ އަނިޔާވެރިކަން ނިމުމަކަށް ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަމާޒަކީ އެއް އަމާޒެއް. އޭރުވެސް އިއްޔެ ވެސް އަދި މިއަދުވެސް އޮތީ އެއް އަމާޒެއް. އެއީ އަނިޔާވެރިކަމަށް ނޫނެކޭ ބުނުން. ރައްޔިތުންނަށް އުފާވެރި ދުވަހެއް ހޯދައި ދިނުން. އަމާންކަމާއެކުގައި މި ރާއްޖޭގައި ރައްޔިތުންނަށް އުޅެވޭނެ ގޮތްތަކެއް ހޯދައި ދިނުން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ރައީސް ވަނީ ގާނޫނުއަސާސީ އެކުލަވާލިއިރު އެކަމުގެ ތެރޭގައި އުޅުނު ބައެއް ބޭފުޅުން މިރޭގެ ޖަލްސާ އިން ފެނިގެން ދިއުމަކީ އެމަނިކުފާނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. ޖުމްހޫރީ ޕާޓީއަކީ މިހާރުވެސް އެމަނިކުފާނު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެއްކަން ފާހަގަކުރައްވަމުން ރައީސް ވަނީ މިއަދު ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރަސްމީކޮށް އެޕާޓީ ހަރަކާތްތެރި ނުވި ނަމަވެސް އެޕާޓީގެ އިސް ބޭފުޅުން އެމަނިކުފާނަށް ތާއީދު ކުރެއްވުމަކީ އިންތިހާބު ބޮޑުތަނުން ކާމިޔާބު ވާނެ ކަމުގެ އުއްމީދު އާވެގެން ދިޔަ ކަމެއް ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ