ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ގިނަ އަދަދެއްގެ މެންބަރުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން ނިންމައިފިއެވެ.
މީގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރަނިންމޭޓު އިބްރާހިމް އަމީން ވެސް ހިމެނިވަޑައިގަންނަވައެވެ.
އެނގިފައިވާ ގޮތުގައި މިރޭ އެމްޑީޕީން ސޯސަން ޖަގަހާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގައި މި ބޭފުޅުން ރައީސަށް ތާޢީދު ކުރާކަން ހާމަ ކުރައްވާނެއެވެ.
ރައީސަށް ތާއީދު ކުރަން ނިންމި ބޭފުޅުންތަކެއް އެމްޑީޕީގެ އޮފީހަށް ވަންނަ މަންޒަރު "ހަތާވީސް"ގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި ޖޭޕީގެ ފަރާތުން ވާދަކުރީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ 5،387 ވޯޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖޭޕީން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރާށެވެ. ނަމަވެސް އާއްމު މެންބަރުން ބޭނުން ކެންޑިޑޭޓަކަށް ތާއީދު ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ޖޭޕީގެ ލީޑަރު އިއުލާން ކުރެއްވިއެވެ.
އެއާއެކު ޖޭޕީގެ ގިނަ މެންބަރުން އަންނަނީ ރައީސް ސޯލިހަށް ތާއީދު ކުރާކަން ހާމަ ކުރަމުންނެވެ. ދާދިފަހުން ގާސިމްގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ދަނގެތި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އިލްހާމް އަހުމަދާއި ވިލިފުށި ދާއިރާގެ ކުރީގެ މެންބަރު ރިޔާޒު ރަޝީދު ވެސް ވަނީ ރައީސަށް ދެވަނަ ބުރުގައި ތާއީދު ކުރައްވަން ނިންމަވާ އެކަން އިއުލާން ކުރައްވައިފައެވެ.
ތީ ޖޭ ފީ....... އެއްކޮށް އެރިޔަކަސް ތިޔަ ބުނާ ފަހެއެް ދޭއް ގެ ލަނޑު ޖަހައި ދެވަނަ ބުރަށް އެރޭނެ އެއް ގޮތެއް ވެސް ނެތް އިރާދަ ކުރެއްވިއްޔާ..... ގޮތެް ހުރި ކަމެއް ހުރޮ ބަޔެއް ނެތް ފަހަތަށް އަރާ އަދި ވެސް... ހޭވައްލާ ހޭވައްލާ މުއިއްޒު.....
ފާތުމަޖޭ.ޕީ ގަ ތިބި ކަމެއް ނުވާ ދެއުޅި އެއްނުވާ މީހުން އެއީ،،،،، އެ އެންމެން ތިބެގެން އެތަކެއް މިލިއަނެއް ޚަރަދު ކޮށްގެން %3 ވެސް ނުލިބުނު ބަޔެއް އެއީ... ކޮންމެވެސް ކޮޅަކުން މަތީ މަގާމެއް ލިބޭތޯ ކޮޅު އެއްލަނީ، ކަންތައްތައް ވަނީ ކެރިގެން ކުރިމަތިލާ އެކަމާ ހެސް ކިޔާފަ މަސައްކަތް ކޮށްގެން... ގާސިމް ދިނީމަ ކައިގެން އަތްޖަހަން އެކަނި ތިބެގެން ލިބޭނެ ވަރު އެއޮތީ ފެނިފަ.......... ތި އިލްހާމް އަދި އަމީން މެންނަށް ވާން އޮތް މޮޅެއް ބަލަން ތިބެމާ ބަހީ.....
ހަތިފުށި