މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އިތުރު ފްލެޓާއި ގޯއްޗަށް ހުޅުވާލަން ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ އިތުރު 6،000 ފްލެޓާއި 4،500 ގޯއްޗަށް ކުރިމަތިލާން މާދަމާ އިއުލާން ކުރާނެ ކަމަށެވެ.
މީގެކުރިން ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލިއިރު އިއުލާންކުރި އުސޫލަށް ކުރިން ލިބުނު ޝަކުވާތަކަށް ރިއާޔަތްކޮށް މިފަހަރު ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ދާދިފަހުން ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މާލޭގައި ދިރިއުޅޭތާ 20 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށް ގޯއްޗާއި ފްލެޓް ދެއްވާނެ ކަމަށެވެ.
މާލޭގެ ރަށްވެހިންނަށް 19،842 ގޯތި މި ސަރުކާރުން ދީފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން 16،923 ފަރާތުން ފްލެޓަށް ކުރިމަތިލާފައިވާ ކަމަށާއި އެ ހުރިހާ އެންމެންނަށް ފްލެޓް ހަމަޖެހިގެންދާނެ ކަމަށެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން
އަދިވެސް ނިމިދިއަ ހަފުތާގާ ނެރެންބުނި ފުލެޓު ތަކުގެ ދާއިމީ ލިސްޓު ނުނެރެ އަނެއްކާވެސް އިތުރު ފުލެޓާ ގޯއްޗައް ހުޅުވާލުމުން ދޭހަވަނީ ޒިންމާ ދާރުކަމެއް ނެއްކަން ނޫންތޯ
އަދުރޭމޫދަށް އެރުމާއި، ޑައިވްކުރުމާއި ފާނަ ކޮށިވެސް ހެދޭ ގޮތަށް މި ބުރުގެ ގޯތިތައް ފަރުމާކުރެވިފައިވަނީ.
އަހުމަދު