ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއިދު ހޯއްދެވުމަށް ވ. އަތޮޅުގައި ޑިމޮކްރެޓްސްގެ މެމްބަރުންނާއި އެމްޑީޕީގެ މެމްބަރުން އެއްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ވ. އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަކުރައްވައި، ވ. އަތޮޅުގެ ރައީސްކަމުގެ ގޮނޑި ހޯއްދެވި ޝުޖާއަކީ އެ އަތޮޅުގައި ޑިމޮކްރެޓްސްގެ ހަރަކާތްތައް ހިންގައި، ރޭވުމުގައި އިސް ދައުރެއް އަދާކުރައްވާ ބޭފުޅެކެވެ. ޑިމޮކްރެޓްސް އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ޝުޖާއު މިހާރު ގެންދަވަނީ ރައީސް ސާލިހަށް ތާއިދު ހޯއްދެވުމުގެ މަސައްކަތް އެ އަތޮޅުގައި ފައްޓަވާފައެވެ.
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ބައްޕާފުޅު އަބްދުﷲ މުހައްމަދު (ދޭލިޔާ) ވެސް ވަނީ ޝުޖާއުއާ އެކު، ވ. އަތޮޅުގައި ރައީސްގެ ކެމްޕެއިން ފައްޓަވާފައެވެ.
އެ ވާހަތައް "ހަތާވީސް" އިން ގެނެސްދިނުމުން ޝުޖާއު "އެކްސް"ގައި ވިދާޅުވެފައި ވަނީ ވ. އަތޮޅުގެ ޑިމޮކްރަސީގެ މުސްތަގުބަލް އޮތީ އަތޮޅުގެ އެމްޑީޕީގެ އާންމު މެމްބަރުންނާ އެކުގައި ކަމަށެވެ.
"ޑިމޮކްރެޓްސް އާއި އެމްޑީޕީ އެކުއެކީ ނޫނީ މުސްތަގުބަލްގެ ކާމިޔާބު ހޯދަން އުނދަގޫ. މި ފެށީ އަތޮޅުގެ އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ އާންމު މެމްބަރުން އެއްކުރުމުގެ މަސައްކަތް. މިކަން ހިންގަނީ އަޅުގަނޑު،" ޝުޖާއު "އެކްސްގައި ވިދާޅުވެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުން ޑިމޮކްރެޓްސްގައި ތިއްބެވީ 3،280 މެންބަރުންނެވެ. އެމްޑީޕީގައި 57،660 މެމްބަރުން އެބަ ތިއްބެވިއެވެ.
ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގެންނެވީ 15،839 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ ހަތް ޕަސެންޓެވެ. ރައީސް ސާލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 39 ޕަސެންޓެވެ.
ޑިމޮކްރެޓްސް އިން ނިންމާފައި ވަނީ ދެ ވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށެވެ. ނަމަވެސް އިންތިހާބު ކާމިޔާބު ކުރުމަށް އެ ޕާޓީގެ އާންމު މެމްބަރުންގެ ވޯޓު ރައީސް ސާލިހު ބޭނުންވާނެއެވެ.
 
		 
										
										 
 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								 
		
ތި ދުވަސް އަންނާނެކަން މާ ކުރިން ވެސް އިނގޭ. ސިޔާސީ ބާރުވެރިކަން ހޯދޭނީ ގުޅިގެން. އެކުގައި އުޅުނު މިތުރުންނާ ގުޅިގެން. ތީގެ ނަތީޖާ ނުކުންނާތީ މިފަހަރަކު ނޫން، ދެން އޮތް އިންތިހާބުގައި
އަހައްމަދު