ހުޅުމާލެ ފޭސް ތިނެއްގެ ބިންހިއްކުމުގެ މަޝްރޫއު މިއަދު ރަސްމީކޮށް ފަށައިފިއެވެ.
އެގޮތުން އެ މަޝްރޫއަކީ މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ތަފާތު ދަތިތަކުން އަރައިގަތުމަށް ހިންގެމުންދާ މަޝްރޫއުއެއް ކަމަށް އާބަންކޯއިން ބުންޏެވެ. ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ހުޅަނގުން އޮންނަ ފަޅުތެރެ ހިއްކައިގެން، 63 ހެކްޓަރުގެ ބިމެއް އުފައްދާނެއެވެ.
"މި މަޝްރޫއުއަކީ މާލޭގެ ގިނަ ރައްޔިތުންނެއް އެތައް އަހަރެއް ވަންދެން ތަހައްމަލު ކުރަމުންދިޔަ ބޯހިޔާވަހިކަމުގެ ދަތި ކަމަށް ބޮޑު ލުޔެއް ލިބި، ގިނަ ބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވޭތޯ ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވެގެންދާނެ މަޝްރޫޢުއެއް،" އާބަންކޯއިން މީޑިއާތަކަށް ފޮނުވި ލިޔުމެއްގައިވެއެވެ.
އާބަންކޯއިން ބުނީ އަލަށް ހިއްކާ ތިން ވަނަ ފިޔަވަހީގައި ރައްޔިތުންނަށް ލުއިފަސޭހަވާނޭހެން ގިނަ ޚިދުމަތްތަކާއި ވަސީލަތްތައް ތަރައްގީކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މަގުތަކާއި ބްރިޖްގެ އިތުރުން ޕާކްތައްހަދާ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގޭނެ ގޮތަށް އެތަން ތަރައްގީ ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށާފައިވާއިރު، ހުޅުމާލެ ފޭސް 3ގެ އިތުރުން ކުޑަގިރި، ތިލަފުށި، ގުޅިފަޅު އަދި ދިޔަނެރުފަޅުގެ ތަފާތު މަޝްރޫއުތައް މިހާރު ވެސް ދަނީ ކުރިއަށެވެ.
މި މަޝްރޫޢުތަކަކީ ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތަކުގެ އިތުރުން، މި ސަރަހައްދުގައި ސިނާއީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ޕްރޮޖެކްތަކެއް ކަކަމަށް އާބަންކޯއިން ބުންޏެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								