ހައްގުތައް ކަށަވަރު ކުރުމަށް ވަކި މުއައްސަސާއެއް އުފައްދަން އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައި ވާތީ އެޗްއާރްސީއެމްގެ ކުރީގެ މެންބަރު އަދި ހިންނަވަރު ދާއިރާގެ މިހާރުގެ މެންބަރު ޖީހާން މަހްމޫދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޖީހާން މިކަން ސިފަ ކުރެއްވީ މިނިވަން މުއައްސަސާތަކުގެ ބާރުތައް އަތުލައި ސަރުކާރަށް ބާރު ޖަމާކުރުމަށް މަސައްކަތްކުރުމުގެ އަމަލެއްގެ ގޮތުގައެވެ.
އަދި މިއީ 2013-2018 ގައި ޕީ.ޕީ.އެމް ގެ ސަރުކާރުގައި އެޗް.އާރް.ސީ.އެމް ގެ ބާރު ކަނޑުވާލައި ސަރުކާރުގެ އެންގުމަށް ސުޕްރީމް ކޯޓުން އެޗް.އާރް.ސީ.އެމްގެ މަސައްކަތަށް ނުފޫޒު ފޯރުވި ދުވަސްތައް ހަނދާންވާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ދެހާސް ސާދަވަނަ އަހަރުގައި ސުޕްރީމް ކޯޓުން ވަނީ އެޗް.އާރް.ސީ.އެމް ހުރިހާ މެމްބަރުންގެ މައްޗަށް ސުއޯ މޯޓޯ މައްސަލައެއް ގެނެސް ގައުމަށް ޣައްދާރުވިކަމަށް ތުހުމަތުކޮށްފައެވެ. މިއީ ޔުނިވަރސަލް ޕީރިއަޑިކް ރިވިއު (ޔޫ.ޕީ.އާރް) އަށް ހުށަހެޅި ރިޕޯޓަކީ ޤާނޫނާ ޚިލާފަށް ހުށަހަޅާފައިވާ ރިޕޯޓެއް ކަމަށް ސުޕްރީމް ކޯޓުން ތުހުމަތުކޮށް ކޮށްފައިވާ ކަމެކެވެ.
ޔޫ.ޕީ.އާރް އަކީ ކޮންމެ އަހަރަކުވެސް އެޗް.އާރް.ސީ.އެމްއިން ގަވާއިދުން ހުށަހަޅަމުންދާ ރިޕޯޓެކެވެ.
ސުޕްރީމް ކޯޓުގެ މި ސުއޯ މޯޓޯ މައްސަލައަކީ އޭރުގެ ސަރުކާރު ފަހަތުގައި ތިބެގެން ކޯޓުތަކުގެ ބޭނުންކޮށްގެން އެޗް.އާރް.ސީ.އެމް ގެ ބާރު ކަނޑުވާލަން ކުރި މަސައްކަތެއް ކަމަށް ބޭރުގެ ގިނަ ފަރާތްތަކުންވެސް ސިފަކޮށްފައިވެއެވެ.
ސޯލިހު އުފެއްދިތަންތަންކޮބާ އެނުވޭމައްސަލައަކަށް މުއިޒް ވީމަ މީކޮންވައްތަރު ތިބޭ
ޛުމިއެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ބާރު ކަނޑުވާލައި އެސެޓް ރިކަވަރީ ކޮމިޝަނެކޭ ކިޔާ ކޮމިޝަނެއް އުފެއްދީ ކާކު؟ ކޮބާ ސަފާރީ ރޭޕް ކޭސް؟
ޛުލައިޚާރޭޕް ސަރުކާރު ދެއްތޯ
ކޯއްޓޭއެޗް އާރު ސީ އެމް މިހާރު ބާރު، މިހާރު އެހާ ގަދަކޮށް އޮވެގެން ކުރެވުނީ ކޮންކަމެއްބާ. ދެރައީ މި މީހުންނަށް ލަދުގަންނަން ވެސް ނޭނގޭތީ.
އަހުމަދުކަބުލޮ ކަބުލޮތިިއިންނެވި ހިއުމަން ރ ކޮމިސަންނަގާ ކިހިލި ޖަހައިގެނ
ޙލމފިރިމީހާ އަކީ މާރަގަޅު ކަންކަން ކުރާ މީހެއް ނޫން އލސްތުފާ ދެއްވާ
އަހްމަދުރޮޔަލް ރޭޕް
ޙަލީލާހިޔުމަންރައިޓްސްގެ ބާރު ކަނޑާލިމީހުނަށް އެކަން އެންމެ ރަނގަޅަށް އެނގޭނީ. ފިރިމީ ކަނޑުމަތީ އަންހެން ކުއްޖަކު ހަލާކުކޮށްލީމާ ޗރސއމ ގެ ބާރު ކަނޑުވާލީ ކާކުބާ؟
ައަޑިކޮންނަ