މާލޭ ސަރަހައްދުގައި ދިރިއުޅޭ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި ހިއްކަމުން އަންނަ ގިރާވަރުފަޅުން އަންނަ ހަފްތާގައި ގޯތި ދޫކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިރޭ "ހަތާވީސް" އަށް ވިދާޅުވީ ގިރާވަރުފަޅުގެ ބޮޑުބައި މިހާރު ހިއްކާ ނިމިފައިވާ ކަމަށެވެ.
"އަންނަ ހަފްތާގެ ތެރޭގައި ގޯތި ދޫކުރަން ފަށާނެ،" އަކްރަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު މަސައްކަތްތައް ކުރިޔަށް ދަނީ ގޯތި ދޫކުރުމުގެ ކުރިން ކުރަން ޖެހޭ ކަންކަން ނިންމުމުގެ މަސައްކަތް ކަމަށެވެ.
ގިރާވަރު ފަޅު ހިއްކައިގެން 5,000 ގޯތި ދޫކުރަން ނިންމާފައިވެއެވެ.
އަންނަ އޮކްޓޫބަރު މަސް ނިމުމުގެ ކުރިން, 5,000 ގޯތި ދެވޭ މިންވަރަށް 169 ހެކްޓަރުގެ ބިން ގިރާވަރު ފަޅުން ހިއްކާ ނިންމާލާނެ އެ މަސައްކަތް ކުރާ ބޮސްކާލިސް ކުންފުނިން ވެސް މީގެކުރިން ވަނީ ބުނެފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި