ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފިއެވެ.
ގާސިމްގެ ސްޕެޝަލް އެޑްވައިޒްރުގެ މަގާމުވެސް ފުރައްވަމުން ގެންދަވާ އަލީ ޖޭޕީން ވަކިވިކަން ހާމަކޮށް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހުގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަކީ ނުހަނު އަގު ހުރި ތަޖުރިބާއެއް ކަަމަށެވެ.
"މިއަދުން ފެށިގެން ޖުމްހޫރީ ޕާޓީން އަޅުގަނޑުު ވަކިވެއްޖައީމެވެ". އަލީ ވިދާޅުވިއެވެ. ޑީއާރްޕީ އަދި އެމްޑީޕީގައި މަސައްކަތްކުރެއްވި އަލީ ޖޭޕީން ވަކިވެވަޑައިގެންނެވި ސަބަބެއް ހާމައެއް ނުކުރައްވައެވެ.
ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ވަޒީރުކަމުގެ މަގާމުން ރައީސް އިބްރާހިމް
މުހައްމަދު ސޯލިހު، އަލީ ވަކިކުރެއްވިއެވެ.
އޭގެ ފަހުން ބޭސްފަރުވާ އަށް އިނގިރޭސިވިލާތުގައި ދިރިއުޅުއްވަމުން ގެންދެވި އަލީ ރާއްޖެ ވަޑައިގެންނެވީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިޔަ ފަހުންނެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ސިޔާސީ ކޫޑިއެއް. ދެން ދާނީ ޕީޕީ އެމްއަށް.
ާސަން