އެމްޑީޕީން ވަކިވި މެމްބަރުންތައް އުފެއްދި ދަ ޑިމޮކްރެޓްސް "ގުއި ރޯނުގައި" ނުޖެހުމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް (ދޮން ބިލެތް) ރޭ ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ގަލޮޅުގައި ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދޮން ބިލެތް ވިދާޅުވީ އޭނާއާ އެކު މަސައްކަތްކުރި ވަރަށް ގިނަ ބަޔަކު އެމްޑީޕީއާ ދުރަށް ގޮސްފައިވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލާނީ އެ ރައްޓެހިންނަށް [ޑިމްކޮރެޓްސްގެ މެމްބަރުންނަށް] ގުއި ރޯނުގައި ނުޖައްސަވާށޭ،" ދޮންބިލެތް ވިދާޅުވިއެވެ.
ދޮން ބިލެތް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ހީލަތްތެރި ރޭވުމުގެ ދަށުން ޕާޓީގެ ތެރޭގައި ޖެހުނު މައްސަލައިގެ "އެޑްވާންޓޭޖް" ނަގައިގެން ޕީޕީއެމުން މަސައްކަތް ކުރަނީ ދެ ވަނަ ބުރުގައި ޑިމޮކްރެޓުންގެ ވޯޓު މުއިއްޒަށް ދިނުމަށް ކަމަށެވެ.
"އެއީ ގުއިރޯނުގައި ޖެހުމަކީ. އެކަން އެއްވެސް ގޮތަށް ކުރާކަށް ނުވާނެ. އެއީ ބުއްދިވެރިކަމެއް ނޫން،" ދޮން ބިލެތް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރަށްރަށުގައި ތިބި ޑިމޮކްރެޓުން މަޑު މަޑުން އެނބުރި އެމްޑީޕީއާ އަލުން ގުޅެމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ސިޔާސީ ޕާޓީއެއް "މިނަށްވުރެ" ބޮޑު ވެއްޖެއްޔާ ހިޔާލު ތަފާތުވުން އުފެދޭނެ ކަމަށާއި ނަމަވެސް ޕާޓީން ވަކިވެ ޑިމޮކްރެޓުންނާ ގުޅުނު މެމްބަރުންނަށް ދޮން ބިލެތް ގޮވާލީ އަލުން އަނބުރާ އެމްޑީޕީއާ ގުޅުމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުން މި އަންނަ ހަފްތާގައި 99 ޕަސެންޓް ޑިމޮކްރެޓް ބޭފުޅުން އަޅުގަނޑުމެންނާއެކު ބަދަލުވާނެ،" ދޮން ބިލެތް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ