ދައުލަތުގެ ދައުރެއް ނެތި ޖިނާއީ ދައުވާ ކުރުމުގެ ބާރު އާންމު ރައްޔިތުންނަށް ދޭން އިދިކޮޅު ޕީއެންސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.
މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައި ވަނީ ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގެ ބާރު އާންމު ރައްޔިތުންނަށް ލިބޭ ގޮތަށް ހަމަޖެއްސުމަށެވެ. މިގޮތަށް ހަމަޖެއްސުމުން ޕްރޮސެކިއުޓާ ޖެނެރަލާއި ފުލުހުން މެދުވެރިނުކޮށް ޖިނާއީ މައްސަލަތައް ކޯޓަށް ހުށަހަޅައިގެން މީހުން ޖަލަށްލުމާއި އަދަބު ދިނުމުގެ ފުރުސަތު ލިބޭނެއެވެ.
ރާއްޖޭގައި އެންމެ ކުރީއްސުރެން ފެށިގެން ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމުގެ ބާރު އޮންނަނީ ދައުލަތަށެވެ. ޕީޖީ އޮފީސް އުފެދުމުގެ ކުރިން އެ ބާރު އޮތީ އެޓާނީ ޖެނެރަލްގެ އޮފީހަށެވެ. އަދި ދައުވާ ކުރެވޭނީ ފުލުހުން އެ މައްސަލައެއް ތަހުގީގު ކުރުމަށްފަހުއެވެ.
ޖިނާއީ މައްސަލަތަކުގައި އާންމު ފަރުދުން ދައުވާ ކުރުމުގެ ފުރުސަތު ދެނީ ދުނިޔޭގެ ވަރަށް މަދު ގައުމެއްގައެވެ. ކުރިއަރާފައިވާ އެއްވެސް ގައުމެއްގައި އާންމުންނަށް މި ފުރުސަތު ނުދެއެވެ. އެއީ ތަހުގީގު ކުރުމެއް ނެތި ޖިނާއީ ދައުވާކޮށްގެން މީހުންނަށް އަދަބު ދިނުމަކީ ނުރައްކާތެރި ކަމަކަށް ވާތީއެވެ. އަދި ހެކި ހޯދުމާއި ތަހުލީލްކުރުން ފަދަ ތަހުގީގީ ބާރުތައް އާންމުންގެ އަތުގައި ނޯންނާތީއެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
މުއިއްޒަކީ ބާރާއި މަގާމަށްޓަކާ ހޭބަލިވެފަ ހުރި މީހެއް. ވަޒީރުކަމުގައި ހުންނެވިއިރު، ހުރިހާ ކައުންސިލްތަކެއްގެ ބާރު އަތަށް ނެންގެވީ މުއިއްޒު. އަނެއްކާ އެ އުޅެނީ ކެންގަރޫ ކޯޓު ހަދަން. ބޭނުންވާ ކަންކަން ކުރާނެ ކޯޓުތަކެއް އުފައްދަން. ތަހުޒީބީ ކޮން ގައުމެއްގަތޯ ރައްޔިތުންނަށް ޖިނާއީ ދައުވާ ކުރެވެނީ. މީނަ ރަނގަޅީ ހަމަ، ހޮޅި އަޅަން
އަހައްމަދު