ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ބަދަލު ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް މި މަހުގެ 30 ގެ ނެގުމަކީ ނާދިރު ކަމެއް ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގޮވާލައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައި، އެ ގަރާރު ވަނީ ބަލައިގަނެފައެވެ.
ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ، އިންތިހާބު ބޭއްވުމަށް މަދުވެގެން 30 ދުވަހާއި 45 ދުވަހާ ދެމެދުގެ މުއްދަތެއް ބޭނުން ވާނެ ކަމަށެވެ. އެކަމަށް 40 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
އޭގެ ކުރިން ރައްޔިތުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އެއީ މިހާރުން މިހާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ހަބީބް ވިދާޅުވިއެވެ.
"ވަކި ނިޒާމަކަށް ތާއީދުކޮށް ވޯޓުލުމުގައި އެ ނިޒާމެއްގެ ފައިދާ އާއި ގެއްލުމާ މެދު، ވޯޓުލާ މީހުން ހޭލުންތެރިކުރުވުމަކީ، އިލެކްޝަންސް ކޮމިޝަންގެ ގާނޫނީ ޒިންމާއެއް. މިހާރުން މިހާރަށް، އެފަދަ ވޯޓެއް ނެގުންވާނީ، ނާ މުމްކިން ކަމަކަށް،" ހަބީބް ވިދާޅުވި އެވެ.
ރާއްޖޭގައި އޮންނާނެ ނިޒާމަކާ ގުޅޭ ގޮތުން 2007 ވަަނަ ފެންނަ ނުފެންނަ ވޯޓެއް ނެގިއިރު ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން 62 ޕަސެންޓް މީހުން ވޯޓު ދީފައިވަނީ ރިޔާސީ ނިޒާމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ