އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ނިޒާމީ ވޯޓު ނެގުމަށް ދަ ޑިމޮކްރެޓްސް އިން މަޖިލީހަށް މިއަދު ހުށަހެޅި ގަރާރުގައިވާ ގޮތަށް ކުރިއަށް ދެވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިއަދު ވިދާޅުވެއްޖެއެވެ.
ހެންވޭރުގައި "ދޮރުން ދޮރަށް" ހިންގެވުމުގެ ހަރަކާތުގެ ތެރެއިން، ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ މިމަހުގެ 28ވަނަ ދުވަހު ނިޒާމީ ވޯޓެއް ނުނެގޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފަހުން މަޖިލީހުން ވަކި މުއްދަތެއްގައި ނިޒާމީ ވޯޓު ނަގަން ކަނޑަައަޅައިފިނަމަ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން އީސީއަށް އެކަން ކުރުމަށް ރިކުއެސްޓް ކުރެވޭނެ ކަމަށެވެ.
"މަޖިލީހުގެ ހަތަރު ބައިކުޅަ ތިން ބައިން ފާސްކޮށްފައި ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރަން ފޮނުވަން ޖެހޭނެ. ފޮނުވީމާ އަޅުގަނޑު އޭތި ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭ. އެހެންވީމާ އެ ޕްރޮސެސް އެހެން އައިމާ އަޅުގަނޑު އެކަން ކުރާނަން" ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ މީގެކުރިން ވެސް ރިޔާސީ އިންތިހާބުގެ ފަހުން ނިޒާމީ ވޯޓަކަށް ދިއުމަކީ ކުރެވިދާނެ ކަމެއް ކަމަށް ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގައި ހުންނެވިއިރު ދެންނެވިން ކަމަށެވެ.
"މިހާރު ހުށަހަޅުއްވާފައި އެއޮތީ އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އޮކްޓޫބަރު 30ގައި އެ ވޯޓު ނަގަން. އެހެންވެއްޖިއްޔާ ހަމަ ވާހަކަ ދައްކައިގެން ކުރިޔަށް ގެންދެވިދާނެ،" ރައީސް ވިދާޅުވިއެވެ.
ޑިމޮކްރެޓްސް އިން ރޭ 28 ސެޕްޓެމްބަރުގައި ނިޒާމީ ވޯޓު ނެގުމަށް އެ ޕާޓީގެ ކައުންސިލުން ފާސްކުރި ނަމަވެސް މިއަދުވެސް ރައީސް ވަނީ އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ. ސަބަބެއްގެ ގޮތަށް ވިދާޅުވީ ގާނޫނުއަސާސީގައި ވަކި ގޮތަކަށް ކަންކަން ކުރަން އޮތުމުންނާއި އިލެކްޝަނަށް ވެސް އެކަމުގައި ވަގުތު ދޭން ޖެހުމެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								