ހދ. ދިއްދު ފަރަށް އެރި ޓަގު ބޯޓާއި ބާޖުގެ ވެރި ފަރާތް 100 މިލިއަން ރުފިޔާއިން އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޖޫރިމަނާކޮށްފިއެވެ.
އީޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، "ޕްރިންސެސް މުތާ" ޓީބީ ޓަގު ބޯޓާއި "ޕްރައިޑް މުތާ"ބާޖު ދިއްދޫ ފަރަށް އަރާފައި ވަނީ މޭ މަހުގެ ދެވަނަ ދުވަހު ކަމަށެވެ.
އެ އުޅަނދުތައް ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް ރާއްޖޭގެ ިތމާވެށ ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން އެ އުޅަނދުގެ ވެރިފަރާތް ކަމުގައވާ އިންފްރާޓެކް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އަދ އެ އެޖެންސީއަށް 30 ދުވަހުގެ ތެރޭގައ ޖޫރިމަނާގެ ފައސާ ދެއްކުމަށް އެ ފަރާތަށް އަންގާފައިވާ ކަމަށް އީޕީއޭިން ބުންޏެވެ،
އީޕީއޭއިން ބުނީ އެ އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީން މޭ މަހުގެ 12 ވަނަ ދުވަހު ސަރަހައްދަށް ގޮސް އެ އުޅަނދުތަކުގެ ވެރިފަރާތުގެ ސަވެޔަރަކާއެކު ސާވޭކޮށްފައިވާ ކަމަށެވެ.
އެގޮތުން ބެލި ބެލުމުން އެ ފަރުގެ 4038 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 101,743,400.00 (އެއްސަތޭކަ އެއްމިލިއަން ހަތްލައްކަ ސާޅީސް ތިންހާސް ހަތަރުސަތޭކަ ރުފިޔާ) ކަމަށާއި ނަމަވެސ،ް ޖޫރިމަނާގެ ގޮތުގައި ކަނޑައެޅެން އޮންނަ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ އަށް ވާތީވެ އެ އަދަދު 30 ދުވަހުގެ ތެރޭގައި ދައްކަން އަންގާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް