ވެރިކަން ކުރުމުގެ ނިޒާމު ބަދަލު ކުރުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގައި މައްސަލައެއް ނެތް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ތަރުޖަމާނު ތޮލާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން ނިޒާމުގެ ވޯޓު ނަގަން ވަގުތު ނެތް ކަމަށެވެ.
ތޮލާލް ވިދާޅުވީ ޕީޕީއެމް ސްޓޭންޑަކީ ރިޔާސީ ނިޒާމު ކަމަށާއި ގާނޫނުތައް ތަންފީޒުކުރެވޭ ފަދަ ހަރުދަނާ މުއައްސަސާތަކެއް ގާއިމު ކުރުމަށް ފަހު ބަރުލަމާނީ ނިޒާމެއް ތަންފީޒުކުރުމުގައި ވެސް މައްސަލައެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެން ދެ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އޭރު ވެސް ވިދާޅުވި ވާހަކައާއި އެ ސްޓޭންޑްގެ މަތީގައި އަދިވެސް އަޅުގަނޑުމެން މި ތިބީ،" ތޮލާލް ވިދާޅުވިއެވެ.
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭ ގޮތުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ގޮވާލައި ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ގަރާރު، މަޖިލީހުން ވަނީ ބަލައިގަނެފައެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު