ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީ ކަމަށް ދަ ޑިމޮކްރެޓްސް އަށް ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ޕާޓީ އަށް ވެއްޖެއެވެ.
އެޕާޓީ އަކީ އެމްޑީޕީ އަށް ނިސްބަތްވާ މަޖިލިސް މެންބަރުންތަކެއް، އެމްޑީޕީގެ ސަރުކާރާއި މެދު ހިތްހަމަނުޖެހުންތައް އުފެދިގެން، އެޕާޓީން ވަކިވެ އުފެއްދި ސިޔާސީ ޕާޓީއެކެވެ. ޑިމޮކްރެޓްސްގެ ބާނީއަކީ އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް ވިދާޅުވީ އެމްޑީޕީން ވަކިވެ، މިހާރު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވާ 13 މެންބަރުން އެކަން ރަސްމީކޮށް މަޖިލީހަށް އަންގާފައިވާ ކަމަށެވެ.
ނަވާރަވަނަ މަޖިލިސް ފެށުނުއިރު މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތީ ޕީޕީއެމްއެވެ. ނަމަވެސް 13 މެންބަރުންނާއެކު މަޖިލީހުގެ މައިނޯރިޓީ ޕާޓީއަކަށް ޑިމޮކްރެޓްސް ވަނީ ވެފައެވެ. އަދި މައިނޯރިޓީ ލީޑަރަކީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގައި 56 މެންބަރުން ތިބެއެވެ. އިދިކޮޅު ޕީޕީއެމްގައި ހަތަރު މެންބަރުން ތިބެއެވެ. ޕީއެންސީގެ މެންބަރުންގެ ގޮތުގައި ތިން މެންބަރުން ތިބިއިރު ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭ، މިއިން ކޮންމެ ޕާޓީއެއްގައި ދެ މެންބަރުން ތިބެއެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން