ރައްޔިތުން މަޖިލީހުގެ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން މަޖިލީހުގެ އިދާރާ އަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް މަޖިލިސް ކުރާ މާލަމަށް ވަޑައިނުގަންނަވާ މައްސަލާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުއްވައިފިއެވެ.
ނަޝީދު ރައީސް ސޯލިހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށާއި އަދި މަޖިލިސް ގަވާއިދަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލެއް ހިންގައިފި ނަމަ، އެކަމެއް ހުއްޓުމަކީ ވެސް މަޖިލިސް ރައީސްގެ ޒިންމާއެއް ކަމަށެވެ.
ނަމަވެސް ރައީސް ސޯލިހު އެޕާޓީ އަކަށް ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ މެންބަރުން މަޖިލީހުގެ އިދާރާ އަށް ވަޑައިގަތުމަށްފަހު ވެސް މަޖިލިސް ކުރާ މާލަމަށް ނުވަތަ މަޖިލީހުގެ ތަޅުމަށް ވަޑައިނުގެން މަޖިލިސް ޖަލްސާތައް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅަމުން ގެންދަވާ ކަމަށް ނަޝީދުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
"އެގޮތަށް މަނިކުފާނުގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުން މަޖިލީހުގެ ޖަލްސާތައް ހުއްޓުވައި، މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅުއްވަމުން އެ ގެންދަވަނީ މަނިކުފާނު ކަނޑައެޅިގެން އެކަމުގައި ބައިވެރިވެވަޑައިގެން ކަމުގައި އަޅުގަނޑު ދެކެމެވެ،" ރައީސް ސޯލިހަށް ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވިދާޅުވިއެވެ.
އެ ސިޓީގައި އިތުރަށް ވަނީ ދިވެހި ދައުލަތުގެ ބާރުތައް ރައީސް ސޯލިހުގެ އަތްޕުޅު މައްޗަށް ނަންގަވައި ދިވެހި ދައުލަތް ހުއްޓާލެއްވުމަށް ރައީސް ސޯލިހު ކުރައްވާ މަސައްކަތް ހުއްޓާލެއްވުމަށް ގޮވާލައިފައެވެ.
އަދި ވިދާޅުވީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާ ކުރުންމަތީގައި ދެމި ހުންނަވާނެ ކަމަށެވެ. ހަމައެއާއެކު މަޖިލީހުގެ މަސައްކަތްތައް ހުއްޓުނަނުދީ ކުރިޔަށް ގެންދިއުމަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
		
										
										
		
		
		
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު								
														
							
								ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ