ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްގީގެ ކަންކަން ބާރަށް ކުރިއަށް ގެންދާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ށ. މާއުނގޫދު އަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުން ބޭނުންވާ މިންވަރަށް ތަރައްގީގެ މަސައްކަތްތައް ކުރިޔަށް ނުދާ ކަމަށެވެ. ނަމަވެސް އެމަނިކުފާނުގެ ސަރުކާރެއްގައި ރައްޔިތުން ބޭނުންވާ ގޮތަށް ނަތީޖާ ނެރެދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ތުހުމަތު ކުރެއްވި ގޮތުގައި މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ފެށުމުގެ ކުރިން ގިނަ އަދަދަކަށް އެޑްވާންސް ފައިސާ ދީ އެތައް ބަޔަކަށް ބައި އަޅަމުން ގެންދާ ކަމަށެވެ. އެހާ ގިނަ އަދަދަކަށް އެޑްވާންސް ފައިސާ ދީގެން ވެސް ފެނިގެން ދަނީ ގިނަ މަޝްރޫއުތައް ހުއްޓިފައި އޮންނަ މަންޒަރު ކަމަށް މުއިއްޒު ވިދާޅުވިއެވެ.
""ވަރަށް އިސްކަން ދީގެން ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ދާނެ. ނަތީޖާ ނެރެދޭނެ،" މުއިއްޒު ވިދާޅުވިއެވެ.
ނަމަވެސް އޭނާގެ ސަރުކާރެއްގައި އެގޮތަށް ހުރި ކަންކަން ނިމުމަކަށް ގެންނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ބޮޑުތިލަދުންމަތި ހިމެނޭ ގޮތަށް މުއިއްޒު ކެމްޕެއިނު ދަތުރުފުޅު ފެއްޓެވީ މީގެ ދެ ދުވަސް ކުރިންނެވެ. މި ދަތުރު މިއަދު ނިންމާލައްވާ މުއިއްޒު މާލެ ވަޑައިގަންނަވާނެއެވެ. މި ދަތުރުގައި ޖުމްލަ 23 ރަށަކަށް މުއިއްޒު ވަނީ ދަތުރު ކުރައްވާފައެވެ.
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް