މިމަހުގެ 30ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް 47،000 އަށްވުރެ ގިނަ މީހުން ރީ ރަޖިސްޓްރީ ކޮށްފިއެވެ.
ދެވަނަ ބުރުގެ ވޯޓުލުމަށް ރީ ރަޖިސްޓްރީ އަށް ހުޅުވާލީ މިދިޔަ ހުކުރު ދުވަހުއެވެ. އެ މުއްދަތު އިއްޔެ ހަވީރު 16:00އަށް ވަނީ ހަމަވެފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބު ގެ ފުރަތަމަ ބުރުގައި، 42867 މީހުން ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅިއިރު، ދެވަނަ ބުރުގައި 47،000އަށްވުރެ ގިނަ މީހުން، ރީ-ރަޖިސްޓަރީ ކުރަން ހުށަހަޅާފައިވާ ކަމަށެވެ.
މީގެ ތެރެއިން، 19،000އަށްވުރެ ގިނަ ފޯމު އިއްޔެގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށާއި 27،000އަށްވުރެ ގިނަ ފޯމު ގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އީސީ އިން ކުރަމުން އަންނަ ކަމަށެވެ.
ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެ ކަމަށާއި އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި އާއްމު ކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ހިއްސާ ކުރާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ، ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީން ކަމަށާއި އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން، ހުށަހެޅި ފޯމު ޕެންޑިންގައި އިންނާތީ، އަލުން ފިޒިކަލް ފޯމު ލާފައިވާ ކަމަށް ހަބީބް ވިދާޅުވިއެވެ.
ވޯޓު ލުމުގާ ރައްޔިތުންނައް ތިޖައްސަނި ހާދަބޮޑު ތަކުލީފެކޭ އެމީހެއްގެ.ރަށުގާ ހުރެ ވޯޓުނުލެވި ވޯޓުލާންދާންމިޖެހެނީ އަތޮޅުވެސް ދޫކޮން އެހެން އަތޮޅުއަތޮޅައް ރައްޔިތުންނަށް ީހާވެދް ލުއިފަސޭހަ ކޮންދިނުމުގެބަދަލުގާ ޖައްސަނީ ތަކުލީފު
ވ