ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަނެއްކާވެސް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ހުއްޓުވާފައިވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.
މިއަދުގެ މަޖިލިސް ޖަލްސާ 9:00ގައި ފެށުމަށް ދަތިތަކެއް ކުރިމަތިވިއެވެ.
ކޯރަމް ހަމަ ނުވުމުން އެކި ފަހަރުމަތިން ކޯރަމް ހަމަވޭތޯ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނަޝީދު މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެކަން ކުރެވޭ ގޮތެއް ނުވިއެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ މެންބަރުން މަޖިލިސް އިދާރާ އަށް ހާޒިރުވި ނަމަވެސް ތަޅުމަށް ވަދެވަޑައިގެންފައެއް ނުވެއެވެ. އެ މެންބަރުންގެ ކަންބޮޑުވުމަކީ މަޖިލީހުގައި ރައްޔިތުންނާއި ގުޅުންހުރި މުހިއްމު ބިލުތައް އޮވެމެ، ސަރުކާރާ ދެކޮޅަށް ހުށަހަޅާފައިވާ ގަރާރުތައް އެޖެންޑާ ކޮށްފައި އޮތުމެވެ.
މަޖިލިސް ރައީސް ވިދާޅުވީ އެ ގަރާރުތަކަކީ މާކުރިން ހުށަހަޅާ ބަހުސްގެ ވަގުތު ބާކީ އޮތް ބިލުތަކެވެ.
ނަޝީދު ވިދާޅުވީ މީގެކުރިން މަޖިލިސް ހުއްޓިފައި އޮތީ ދާއިމީ ކޮމެޓީތައް އެކުލަވާނުލާ އޮތުމުން ކަމަށް އެމްޑީޕީން އޭރު ބުނި ކަމަށެވެ.
އެއަށްފަހު އެމްޑީޕީން މަޖިލީހަށް ހުށަހެޅި މަޖިލިސް ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާއެކު އަނެއްކާވެސް މަޖިލިސް ހުއްޓުމަކަށް އައި ކަމަށް ނަޝީދު ވުދާޅުވިއެވެ.
"އަނެއްކާވެސް މަޖިލީހުގެ ކޮންޓްރޯލް ގެންގުޅުއްވާ ފަރާތްތަކުން މިވަނީ މަޖިލިސް ހުއްޓުވާފައި،" ނަޝީދު ވިދާޅުވިއެވެ.
އެގޮތަށް އަމަލު ކުރުމުން އެއްވެސް ބަޔަކަށް ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ބައެއްގެ ބޮލުގަ ތުހުމަތު އަޅުވާއިރު މަނިކުފާނުގެ ޕާޓީއިން ރިޔާސީ އިންތިޙާބުގެ ފުރަތަމަބުރަށް ކެންޕޭންކުރަން މަޖްލީހަށްހެދިގޮތް ރައްޔިތުން ހަނދާނެއް ނުނެތޭ
މުހައްމަދު