އެމްޑީޕީން އިލެކްޝަން ކޮމިޝަންގެ ރީ ރަޖިސްޓްރޭޝަން މަސައްކަތަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަޑު ފަތުރަނީ އިންތިހާބުގެ ދެވަނަ ބުރުން ބަލިވާނެކަން ޔަގީން ވާތީ ކަމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން މިއަދު ބުނެފިއެވެ.
އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ މިއަދު ހަވީރު 16:00ގެ ކުރިން ރީ ރަޖިސްޓްރީވުމަށް އެދިފައެވެ.
އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދުކުރާ ފަރާތްތަކަށް އޮޅުވާލައިގެން ދުރު ސަރަހައްދުތަކަށް ރީ ރަޖިސްޓްރީ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެހެންވެ ވޯޓުލާން ޖެހޭނީ ރަނގަޅު ފޮއްޓަށްތޯ ހުރިހާ ފަރާތްތަކުން ކަށަވަރު ކުރަން އެމްޑީޕީން ވަނީ އެދިފައެވެ.
ކެމްޕޭނުގެ ފަރާތުން އީސީއަށް ނޭދެވޭ ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން އަޑު ފަތުރަނީ ރީ ރަޖިސްޓްރޭޝަންގެ މަސައްކަތަށް ނޭދެވޭ ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން އަޑުފަތުރަނީ ރިޔާސީ އިންތިހާބުން ބަލިވާނެކަން އެ ފަރާތްތަކަށް ޔަގީންވާތީ އިންތިހާބު ގަޑުބަޑުކޮށްލުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީން ތުހުމަތުކުރިއެވެ.
އެފަދަ އެއްވެސް ކަމެއް ކެމްޕޭނުގެ ފަރާތުން ނުކުރާކަމާއި އަދި ނުކުރާނެކަމުގެ ކަށަވަރުކަން އެމްޑީޕީން ވަނީ ދީފައެވެ.
އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ރީ ރަޖިސްޓާކުރަން އިއްޔެ ހުޅުވާލުމާއެކު ދެ ދުޗަހުގެ ތެރޭގައި 25،000 އަށް ވުރެ ހުށަހަޅާފައިވާކަމަށް އީސީން ހާމަކޮށްފައިވާއިރު ދެ ދުވަސް ތެރޭގައި އެހާ ގިނަ ފޯމް ހުށަހަޅާފައިވާތީވެ އިދިކޮޅު ޕީޕިއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ