މިމަހުގެ 30ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުމަށް ގިނަ އަދަދެއްގެ ބަޔަކު ފާއިތުވި ދެ ދުވަހު ރީ ރަޖިސްޓްރީ ކޮށްފައި ވާތީ، އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.
ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލީ މިދިޔަ ހުކުރު ދުވަހުއެވެ. މިއަދުގެ 16:00އާ ހަމައަށް ރީ ރަޖިސްޓްރީވުމުގެ ފުރުސަތު އޮތްއިރު މިހާތަނަށް 25،000 އަށްވުރެ ގިނަ މީހުން ރީ ރަޖިސްޓްރީވެފައިވާ ކަމަށް އިލެކްޝަނުން ބުނެއެވެ.
އެހެންކަމުން މުއިއްޒު ވަނީ އެ އަދަދާއި މެދު ސުވާލު އުފައްދަވާ އެހެން ސިޔާސީ ޕާޓީތަކުންނާއި އިންތިހާބު އޮބްޒާވް ކުރާ ފަރާތްތަކުން އެކަން ރަނގަޅަށް ބެލުމަށް ގޮވާލައްވައިފައެވެ.
ފުރަތަމަ ބުރު ނިމުނުއިރު 50،000 އަށްވުރެ ގިނަ މީހުން ވޯޓު ލާފައެއް ނުވެއެވެ. އިންތިހާބުގެ ދެވަނަ އަށް އެންމެ ގިނަ ވޯޓު ލިބުނު އެމްޑީޕީން ބުނަމުން އަންނަނީ ގިނަ ބަޔަކު ރީ ރަޖިސްޓްރީ ކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން ދެވަނަ ބުރުގައި އެކަން ރަނގަޅު ކުރާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
ނަމަވެސް އިދިކޮޅުން އަންނަނީ މީހުންނަށް އެނގުމެއް ނެތި އައިޑީކާޑުތައް ހޯދައިގެން އެކި ތަންތަނަށް މީހުން ރަޖިސްޓްރީ ކުރުމަށް އެމްޑީޕީން މަސައްކަތް ކުރަމުން އަންނަ ކަމަށް ތުހުމަތު ކުރަމުންނެވެ.
ބީއެމްއެލްގެ ހައުސިން ޕްރޮޖެކްޓަށް 720 ޔުނިޓު އިތުރުކުރަނީ
ފަސް ކޮންޓެއިނަރުގެ ތެރެއިން ދެ ކޮންޓެއިނަރު ފެނިއްޖެ
ރައީސް މުއިއްޒު އަދި ސަރުކާރާ ގުޅޭ ބޮޑު ތުހުމަތެއް މުންދު ދޮގުކޮށްފި
ހުޅުމާލޭ އެޕާޓުމަންޓެއްގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރަށް
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން